އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހުޅުމާލޭގެ ކަރަންޓު މައްސަލަ ޙައްލުކުރުމަށް މަސައްކަތްކުރަމުންދާކަމަށް އެޗްޑީސީން ބުނެފި

ހުޅުމާލޭގެ ކަރަންޓު މައްސަލަ ޙައްލުކުރުމަށް މަސައްކަތްކުރަމުންދާކަމަށް އެޗްޑީސީން ބުނެފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 49 ސިކުންތު

ހުޅުމާލޭ ފޭސް 2ގެ ކަރަންޓު މައްސަލަ ޙައްލުކުރުމަށް އެޗްޑީސީން މަސައްކަތްކުރަމުންދާކަމަށް އެ ކުންފުނިން މިއަދު ހާމަކޮށްފިއެވެ. މި މައްސަލަ ދިމާވެފައިވަނީ ކަރަންޓު ދިނުމަށް ބޭނުންކުރާ ފީޑަރަކަށް ދިމާވި މައްސަލައަކާ ގުޅިގެންކަމަށް އެޗްޑީސީން ބުނެފައިވެއެވެ.

އެޗްޑީސީން މަޢުލޫމާތު ދިންގޮތުގައި، ހުޅުމާލޭ ފޭސް 2ގެ ކަރަންޓު ޚިދުމަތުގެ މަސައްކަތް ކުރިއަށްގެންގޮސްފައިވަނީ ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްގެންނެވެ. މިހާރު އާބާދީއަށް ބޭނުންވާ މިންވަރަށް ޓްރާންސްފޯމަރުތައް ޤާއިމުކޮށް، އޮޕަރޭޝަނަށް ނެރެމުންދާކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

"ކަރަންޓު ޚިދުމަތް ފުރިހަމަކުރުމަށް ހުރިހާ ޓްރާންސްފޯމަރުތަކެއް ޚިދުމަތަށް ގެނެސް، ޕަވަރ ނެޓްވޯކް ރިންގ ފުރިހަމަކުރުމަށްފަހު، ސަރުކާރުގެ ހަކަތަ ކުންފުންޏަކާ ހަވާލުކުރަންޖެހޭ. މި މަސައްކަތް ކުރިއަށްދަނީ ކަމާބެހޭ އިދާރާތަކާ ގުޅިގެން،" އެޗްޑީސީގެ ބަޔާނުގައި ބުނެފައިވެއެވެ.

އެޗްޑީސީން އިތުރަށް ބުނީ، މިވަގުތު ވަކި ކުންފުންޏަކުން ރަސްމީކޮށް ކަރަންޓު ނުދިނުމުގެ ސަބަބުން، ޚިދުމަތް މެދުކެނޑޭ ހާލަތްތަކުގައި ސަރުކާރުގެ ކަމާބެހޭ މުއައްސަސާއަކުން އެކަން ބަލަހައްޓައިދޭ ކަމަށެވެ. މިގޮތުން، ފާއިތުވި ހޮނިހިރު ދުވަހުގެ ރޭ ކަރަންޓު ކެނޑުނީ މައި ކޭބަލަކަށް ގެއްލުންވުމުގެ ސަބަބުންކަމަށާއި، މި މައްސަލަ ހައްލުކުރުމަށް ސްޓެލްކޯއިން މަސައްކަތްކޮށްފައިވާކަމަށް އެޗްޑީސީން ފާހަގަކޮށްފައިވެއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކަރަންޓު އަދި ފެނުގެ މައްސަލަތައް ދިމާވަމުންދާކަން ފާހަގަކުރެވެއެވެ. ކަރަންޓުގެ މައްސަލައިގެ ތެރޭގައި ޕަވަރ ނެޓްވޯކް ރިންގް އަދި ފުރިހަމައަށް ނުހިންގޭކަމާއި، ވަކި ޓްރާންސްފޯމަރަކަށް މައްސަލަ ދިމާވުމުން އެހެން ގޮތަކުން ކަރަންޓު ނުދެވޭކަން ހިމެނެއެވެ. އަދި މައްސަލަ ހޯދުމަށް ވަގުތު ނަގާކަންވެސް ފާހަގަކުރެވެއެވެ.

ފެނުގެ މައްސަލައަކީ ކަރަންޓު މައްސަލައާ ގުޅިފައިވާ މައްސަލައެއްކަމަށާއި، ބޫސްޓަރ ޕަމްޕްތަކުގެ ބެކަޕް ޖަނަރޭޓަރުތައް ރަނގަޅަށް ނުހިންގޭކަން އެޗްޑީސީން ފާހަގަކޮށްފައިވެއެވެ.

މި މައްސަލަތަކަށް ހައްލު ހޯދުމަށްޓަކައި، ހުރިހާ ޓްރާންސްފޯމަރެއް ހިންގުމުން ކަރަންޓު މައްސަލަ ހައްލުވާނެކަމަށް އެކުންފުނިން ބުނެފައިވެއެވެ. އަދި އެޗްޑީސީން ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް މަސައްކަތްކުރަމުންދާކަމަށްވެސް ބުނެފައިވެއެވެ.

އެޗްޑީސީން އިތުރަށް ބުނެފައިވަނީ، މި މައްސަލަތައް ހައްލުކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއެކު ގާތުން މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި ރައްޔިތުންގެ ކަންބޮޑުވުންތަކަށް އަޑުއަހައި، އެ ކަންކަން ހައްލުކުރުމަށް އިސްކަންދޭނެ ކަމަށްވެސް އެ ކުންފުނިން ޔަގީންކޮށްދީފައިވެއެވެ.


Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު