އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރޯދަމަހުގެ ކަރަންޓު ޑިމާންޑަށް ތައްޔާރުވުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފި

ރޯދަމަހުގެ ކަރަންޓު ޑިމާންޑަށް ތައްޔާރުވުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 6 ސިކުންތު

ކުރިއަށް އޮތް ރަމަޟާން މަހުގެ ކަރަންޓުގެ ޑިމާންޑަށް ފުރިހަމައަށް ޚިދުމަތް ދިނުމަށްޓަކައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ދަނީ ތައްޔާރުވަމުންނެވެ. މިގޮތުން ކަރަންޓުގެ ކެޕޭސިޓީ އިތުރުކުރުމަށް މާލެ ސަރަހައްދަށް 13 އައު ޖަނަރޭޓަރު ސެޓް ގެނައުމަށް ވަނީ ނިންމާފައެވެ.

ސްޓެލްކޯއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރި ގޮތުގައި، އަލަށް ގެންނަ ޖަނަރޭޓަރު ސެޓުތަކާއެކު ކަރަންޓު އުފައްދާ މިންވަރު 20 މެގަވޮޓަށް އިތުރުކުރެވޭނެއެވެ. މިއާއެކު ރަމަޟާން މަހު އެއްވެސް ޝޯޓޭޖެއް ނެތި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެވޭނެ ކަމަށް އެ ކުންފުނިން ޔަގީންކޮށްދީފައިވެއެވެ.

ކަރަންޓުގެ ޚަރަދު އެންމެ ބޮޑުވާ ސަބަބުތަކުގެ ތެރޭގައި، ތަނާ ނުގުޅޭ ވަރުގެ ހައި ވޯލްޓޭޖް ތަކެތި ބޭނުންކުރުމާއި، އޭސީ ފަދަ ތަކެތީގެ ޓެމްޕަރޭޗަރ އަބަދު ބަދަލުކުރުމާއި، އޭސީ ޖައްސާފައި ކުޑަދޮރު ހުޅުވާފައި ބެހެއްޓުން ހިމެނެއެވެ. "ކަރަންޓު ބިލު ބޮޑުވުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ އޭސީ ބޭނުންކުރުމުން" ކަމަށް ސްޓެލްކޯއިން ފާހަގަކޮށްފައިވެއެވެ.

އާންމު ރައްޔިތުންނަށް ކަރަންޓުގެ ޚަރަދު ކުޑަކުރުމަށް އެހީތެރިވުމުގެ ގޮތުން، ސްޓެލްކޯއިން ވަނީ ހަކަތަރި ލޭބަލް ޖަހާފައިވާ ކަރަންޓު ސާމާނު ބޭނުންކުރުމަށް އިލްތިމާސްކޮށްފައެވެ. މިހާތަނަށް އަލަމާރި، އެއަރކޮންޑިޝަން އަދި ދޮންނަ މެޝިންގެ 71 މޮޑެލްގައި ހަކަތަރި ލޭބަލް ޖަހާފައިވާކަން ފާހަގަކޮށްލެވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު