އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަސްވެރިކަމުގެ ދާއިރާގެ ޚިދުމަތްތެރީންގެ އަގު ވަޒަންކޮށްފި!

މަސްވެރިކަމުގެ ދާއިރާގެ ޚިދުމަތްތެރީންގެ އަގު ވަޒަންކޮށްފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 11 ސިކުންތު

މަސްވެރިކަމުގެ ދާއިރާއިން ފާހަގަކޮށްލެވޭ ޚިދުމަތްތައް ކޮށްފައިވާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން އެ ފަރާތްތަކައް އެވާރޑް ދީފިއެވެ.

 

ގއ. ގެމަނަފުށީގައި ރޭ ބޭއްވި މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި އެ ފަރާތްތަކައް އެވާރޑް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ޞާލިހް އެވެ.

 

އެގޮތުން، ގއ އަތޮޅަށް ހާއްސަކޮށްގެން މިއަހަރު ދެ އެވާރޑެއް ދީފައިވެއެވެ. އެއީ އެންމެ ޒުވާން ކެޔޮޅުގެ އެވާރޑާއި އެންމެ ތަޖުރިބާކާރު ކެޔޮޅުގެ އެވާރޑެވެ.

 

ގއ އަތޮޅުން އެންމެ ޒުވާން ކެޔޮޅަކަށް މިއަހަރު ހޮވިފައި ވަނީ، ގއ ގެމަނަފުށީ ލިލީގޭ އަލީ އަކުބަރު އެވެ. އަދި ގއ އަތޮޅުން އެންމެ ތަޖުރިބާކާރު ކެޔޮޅަކަށް ހޮވުނީ، ގއ ދެއްވަދޫ އޯކިޑްމާގޭ އަލީ ނިޒާރު އެވެ.

 

މީގެ އިތުރުން، މިރަސްމިއްޔާތުގައި 2017 ވަނަ އަހަރު ކޭމްބްރިޖް އޯލެވެލް އިމްތިހާނުން މެރިންސައިންސްް މާއްދާއިން މުޅިރާއްޖޭން އެންމެ ރަނގަޅު ނަތީޖާ ހޯދި ސުކޫލަކަށް ހޮވުނު، ގެމަނަފުށީ ސްކޫލަށްވެސް ހާއްސަ އެވާރޑެއް ދީފައެވެ.

 

ހަމައެހެންމެ، މަސްވެރިކަމުގެ ތަފާސް ހިސާބު މައުލޫމާތު، މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލާއި އެއްގޮތަށް އެންމެ ރަނގަަޅަށް ދުވަހު މަސްރިޕޯޓު ފޮނުވާފައިވާ ދެ ފަރާތަކަށްވެސް ވަނީ ފައިސާގެ އިނާމާއި އެވާރޑް ރޭގެ ޖަލްސާގައި ދީފައި އެވެ،

 

މިއީ މަސްވެރިންގެ ދުވަސް ގެމަނަފުށީގައި ދިވެހި ސަރުކާރުގެ ފަރާތުން ގައުމީ ފެންވަރުގައި ފާހަގަކުރި ދެ ވަނަ ފަހަރެވެ.

 

ޒިދާން މުހައްމަދު

Advertisement

ކޮމެންޓް ކުރެއްވުމަށް