އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މާވައިދޫއަށް ކާށި ހޮވަން ދިއަ ބައަކު މޫސުން ގޯސްވެ ހާލުގައި ޖެހިގެން ސިފައިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި

މާވައިދޫއަށް ކާށި ހޮވަން ދިއަ ބައަކު މޫސުން ގޯސްވެ ހާލުގައި ޖެހިގެން ސިފައިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 36 ސިކުންތު

ހދ.މާވައިދޫއަށް ކާށި ހޮވަން ދިޔަ ބަޔަކު މޫސުން ގޯސްވެ ހާލުގައި ޖެހިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

މިހާދިސާގެ ރިޕޯޓު މިއަދު 17:35 ހާއިރު ލިބުމާއެކު އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން ވަނީ ހަރަކާތްތެރިވާން ފަށާފައެވެ.

މި ހާދިސާގައި މޫސުން ގޯސްވެ ހާލުގައި ޖެހިފައިވަނީ ހދ.ކުމުންދޫއިން މާވައިދޫއަށް ކާށި ހޮވަން ދިޔަ 10 މީހެކެވެ. މި މީހުންގެ ތެރޭގައި 7 ފިރިހެންނުންނާއި 3 އަންހެނުން ހިމެނެއެވެ. މި މީހުން ހދ.ކުމުންދޫއަށް އެނބުރި ނުދެވިފައިތިބީ މޫސުން ގޯސްވެ ކަނޑުގަދަވުމާ ގުޅިގެން ދަތުރު ނުކުރެވިގެންކަމަށް އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ދީފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް