ޤާސިމް އިބްރާހީމް ހައިކޯޓަށް ހާޒިރުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 28ސ
ޤާސިމް އިބްރާހީމް ހައިކޯޓަށް ހާޒިރުކޮށްފި
ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ހައިކޯޓަށް ހާޒިރުކޮށްފިއެވެ. ފުލުހުންގެ ބެލުމުގެދަށުގައި ބަހައްޓައިގެން ދޫނިދޫ ޖަލުން އެމަނިކުފާނު މާލެ ގެނައީ މެންދުރު 1:05 ހައި އިރުއެވެ.

ހައިކޯޓޫގައި އެމަނިކުފާނުގެ ޝަރީއަތް ތާވަލުކޮށްފައިވަނީ މެންދުރު 1:45 ގައެވެ.

ޤާސިމް އިބްރާހީމްގެ ވަކީލުން މިހާރު ވަނީ ޝަރީއަތަށް ވަދެވަޑައިގެންފައެވެ.

ޤާސިމް އިބްރާހީމް ހައިކޯޓަށް ގެންދެވުނުއިރު އެމަނިކުފާނަށް ތާއީދުކުރާ ގިނަ ބައަކު ވަނީ އެ ސަރަހައްދުން އެންމެ ކައިރިއަށް ދެވޭ ސަރަހައްދަށްއެއްވެފައެވެ. ފުލުހުން ގެންދަނީ ރައްޔިތުން ދުރަށް ޖައްސަމުންނެވެ.
މިއަދު އޮންލައިން