މަސް ކިރޭނެ ގޮތެއް ނުވެގެން މަސްތައް ކަނޑަށް އުކާލައިފި!

ކިޔުމަށް ހޭދަވާނީ 57ސ
މަސް ކިރޭނެ ގޮތެއް ނުވެގެން މަސްތައް ކަނޑަށް އުކާލައިފި!
މަސް ކިރޭނެ ގޮތެއް ނުވެގެން ލ. ގަމުގެ މަސްދޯންޏަކުން ބޭނި މަސްތައް ކަނޑަށް އުކާލައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޓަނަކާ ގާތް ކުރާ އަދަދަކަށް އެދޯނިން މަސް އުކާލާފައިވެއެވެ.

މަސްވެރިން ބޭނި މަސްތައް ކަނޑަށް އުކަމުންދަނީ، މަސްކިރުމުގެ އިތުރުން މަސް ދޯނިތަކަށް އައިސް ފޯރުކޮށްދިނުމުގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށް ބުނެއެވެ.

"އެތައް އިރަކު އައިސް ނުލިބިގެން ކިއުގައި ތިބެން ޖެހުމުން އަޅުގަނޑުމެންނަށް އިންސާފެއް ނޫން އެލިބުނީ. ދިމާވެގެން އުޅޭ މައްސަލައަކީ ކޫއްޑޫ އިން ވެސް ހުރިހާ މަސްވެރިންނަށް ބޭނުންވާ ވަރަށް އައިސް އުފެއްދެން ނެތީ" ތިނަދޫ އިން ވާހަކަ ދެއްކި މަސްވެރިއަކު ބުންޏެވެ.

މިކަމާއި ގުޅޭގޮތުން މިފްކޯ އިން ބުނެފައިވަނީ މަސް ނުކިރުވިގެން ބާނާ މަސްތައް ކަނޑަށް އުކާލަން ނުޖެހޭނެ ކަމަށެވެ.

"މަސް ނުކިރުވިގެން އުކާލާކަށް ނުޖެހޭނެ. ބަޔަކު މީހުން އުކާލާ އުކާލުން އެއީ ނުކިރިގެން ކަމަކަށް ނުބުނެވޭނެ. އެކަހަލަ ރިޕޯޓެއް ވެސް ލިބިފައެއް ނުވޭ" މިފްކޯ އިން ހިންގާ ކޫއްޑޫގެ ސީނިއާ އެގްޒެކެޓިވް އަހުމަދު އަޒްލީން ވިދާޅުވިއެވެ.
މިއަދު އޮންލައިން