ކުޑަފަރީ ފަރަށް ޓަގު ބޯޓަކާއި ބާޖެއް އަރައިފި

ކިޔުމަށް ހޭދަވާނީ 37ސ
ކުޑަފަރީ ފަރަށް ޓަގު ބޯޓަކާއި ބާޖެއް އަރައިފި
ނ. ކުޑަފަރީ ފަރަށް ޓަގު ބޯޓަކާއި ބާޖެއް މިއަދު މެންދުރުފަހު އަރައިފިއެވެ.

އެމްއެންޑީއެފް އިން މައުލޫމާތު ދީފައިވާ ގޮތުގައި "ރާދަފަތި" ނަމަކަށް ކިޔާ ޓަގު ބޯޓަކާއި "ސިންގާސަނާ" ނަމަކަށް ކިޔާ ބާޖެއް ކުދަފަރީ ފަރަށް އަރައިގެން އެކަމުގެ މައުލޫމާތު އެމްއެންޑީއެފް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ މިއަދު މެންދުރުފަހު 14:53 ގައެވެ.

ޓަގު ބޯޓާއި ބާޖު ފަރަށް އެރި އިރު އޭގައި ތިބީ ނުވަ މީހުން ކަމަށާއި، އޭގެ ތެރޭގައި އަށް ދިވެހިން ތިބިކަމަށް ވެސް މައުލޫމާތު ލިބެއެވެ. މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދީފައިވެއެވެ.

އެމްއެންޑީއެފް އިން ބުނެފައިވާ ގޮތުގައި މިއުޅަނދުތައް ފުން ކުރުމުގެ މަސައްކަތް އޭގެ ވެރިފަރާތުން މިހާރު ކުރަމުން އެބަދެއެވެ.
މިއަދު އޮންލައިން