ރަނިންގ މޭޓަކު ކަނޑައެޅުމުގެ މައްސަލަ މިއަދުގެ ކައުންސިލު ބައްދަލުވުމަށް އެޖެންޑާ ކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 34ސ
ރަނިންގ މޭޓަކު ކަނޑައެޅުމުގެ މައްސަލަ މިއަދުގެ ކައުންސިލު ބައްދަލުވުމަށް އެޖެންޑާ ކޮށްފި
ރަނިންގ މޭޓަކު ކަނޑައެޅުމުގެ މައްސަލަ މިއަދު ހަވީރު ބާއްވާ ކައުންސިލު ބައްދަލުވުމަށް އެޖެންޑާ ކޮށްފިއެވެ.

ޖޭޕީގެ އިސް ތަރުޖަމާނު އަލީ ޞާލިޙް ވިދާޅުވީ ރަނިންގ މޭޓަކު ކަނޑައެޅުމުގެ ކަންކަން ކުރިއަށް ގެންދާނެ ގޮތަކާއިމެދު މަޝްވަރާކުރަން މިއަދުގެ ބައްދަލުވުމަށް އެޖެންޑާ ކޮށްފައިވާ ކަމަށެވެ.

އިދިކޮޅު 4 ޕާޓީގެ މެންބަރުންނާއި ކޯލިޝަނަށް ތާއީދުކުރާ މީހުން މިހާރު އެންމެ ބޮޑަށް އިންތިޒާރުކުރަނީ ޖޭޕީން ކަނޑައަޅާ ރަނިންގ މޭޓަކަށެވެ. ޖޭޕީގެ ނައިބް ލީޑަރު އަމީން އިބްރާހީމް ރޭ ވިދާޅުވީ ޖޭޕީން ނިންމާ ނިންމުންތައް ނިންމާނީ އެކަމަކަށް ކުރަންޖެހޭ މަޝްވަރާތައް ކޮށްގެން ވަރަށް ފުރިހަމައަށް ކަމަށެވެ.
މިއަދު އޮންލައިން