ޑރ. ޝަހީމަށް ތާއީދުކުރައްވާ ދީނީ ޢިލްމުވެރިންގެ ބައްދަލުވުން މިއަދު ހަވީރަށް ތާވަލުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
ޑރ. ޝަހީމަށް ތާއީދުކުރައްވާ ދީނީ ޢިލްމުވެރިންގެ ބައްދަލުވުން މިއަދު ހަވީރަށް ތާވަލުކޮށްފި
ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދަށް ތާއީދުކުރައްވާ ދީނީ ޢިލްމުވެރިންގެ ބައްދަލުވުން މިއަދު ހަވީރަށް ތާވަލުކޮށްފިއެވެ. ޕީޕީއެމުން ބުނެފައިވަނީ ބައްދަލުވުން އޮންނާނީ މިއަދު ހަވީރު 4:15 ގައި ދަރުބާރުގޭ ހަކުރާ މާލަމުގައި ކަމަށެވެ.

ޑރ. ޝަހީމަށް ތާއީދުކުރައްވާކަން މިހައި ތަނަށް ފައުޅު ކުރެއްވެވި ދީނީ ޢިލްމުވެރިންގެ ތެރޭގައި އައްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް، އައްޝައިޚް އަޙްމަދު ސަމީރު ފަދަ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.

މިސަރުކާރުގެ ތެރޭގައި ވައްކަމާއި ކޮރަޕްޝަނާއި އަދުލުވެރިކަން ނެތުން ފަދަ މައްސަލަތައް ހުރިކަން ފާހަގަ ކުރައްވައި ބައެއް އިލްމްވެރިން ގެންދަވަނީ ކަންބޮޑުވުން ފައުޅުކުރައްވަމުންނެވެ.

ޝައިޚް ޢަލީ ޒާހިރުވެސް އަދި ޝައިޚް އަޙްމަދު ސަމީރުވެސް ޑރ. ޝަހީމް ފާހަގަކުރައްވާފައިވަނީ ދީނީ ކަންކަން ކުރިއެރުއްވުމަށް ގަދައަޅުއްވައި މަސައްކަތްޕުޅު ކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ. އެހެން ކަމުން ޑރ. ޝަހީމަށް ޤައުމުގެ އިސްމަޤާމެއް ލިބިވަޑައިގަތުމަކީ ދީނީ ކަންކަމަށް ކުރިއެރުން ލިބޭނެ ކަމެއް ކަމަށް އުންމީދުކުރައްވާކަން ވެސް ވަނީ ފާހަގަކުރައްވައިފައެވެ.
މިއަދު އޮންލައިން