ރައީސް ޢަބްދުﷲ ޔާމީންގެ ރަނިންގ މޭޓަކަށްވެވަޑައިގަތުމަށް އައިޔޫއެމުން މިވަގުތަށް ވަކިވެވަޑައިގެންނެވިި ނަމަވެސް އައިޔޫއެމްގެ ކަންތައްތަކަށް އަަބަދުވެސް އެއްބާރުލުން ދެއްވާނެ ކަމަށް ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
އިޤްރައު ފޮތް މައުރަޒު ހުޅުވުމަށް މިއަދު އައިޔޫއެމްގައި ބޭއްވި ރަސްމިއްޔާތުގައި ދަރިވަރުންނާއި މުޚާޠަބުކުރައްވައި ޑރ. ޝަހީމް ވިދާޅުވީ އައިޔޫއެމް އިން ވަކިވެވަޑައިގަންނަވަނީ އުފާފުޅުން ހުންނަވައިގެން ނޫން ކަމަށާއި ވަރަށް އަސަރާއިއެކު ކަމަށެވެ. އަދި އައިޔޫއެމް އިން ވަކިވެވަޑައިގެންނެވި ނަމަވެސް އެތަނުގެ ކަންކަމަށް ފުރިހަމައަށް އެއްބާރުލުން ދެއްވަމުން ގެންދަވާނެ ކަމަށެވެ.
ޑރ. ޝަހީމް ވިދާޅުވީ އައިޔޫއެމުން ވަކިވެވަޑައިގެންނެވި ނަމަވެސް އެތަނަށް ކުރިއެރުން ގެނައުމަށް ކުރަންޖެހޭ ކަންކަމުގައި ޙިއްޞާ ކުޑަ ނުކުރައްވާނެ ކަމަށާއި އައިޔޫއެމްގެ ތަޞައްވަރާއި އެއްގޮތަށް ތަރައްޤީ ކުރެއްވުމަށް ކުރެއްވެން ހުރި ކަންކަން ކުރައްވަމުން ގެންދަވާނެ ކަމަށެވެ.
އައިޔޫއެމްގެ ޗާންސެލަރކަމުން ޑރ. ޝަހީމް ރަސްމީ ގޮތުން އިސްތއިުފާ ދެއްވަން ހަަމަޖެހިފައިވަނީ މިއަދުގެ ވަގުތެއްގައެވެ.