އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑީޑޭޓުގެ ރަނިންމޭޓު ފައިސަލް ނަސީމް ގެ ކާރަށް ގަދަކަމުން މީކާއިލް އަރުވަން އުޅުން ކަމަށް ބުނެ ފޭސްބުކް މެދުވެރިކޮށް އޭނާ 2015 ވަނަ އަހަރު ކުރި ޕޯސްޓެއްގެ ސްކްރީންޝޮޓެއް ބައެއް ފަރާތްތަކުން އާންމު ކުރަމުންދާއިރު، ފައިސަލް ނަސީމަށް މީކާއިލްގެ ތާއިދެއް ނެތް ކަމަށް ބުނެ ވެސް ބަޔަކު މީހުން ވަނީ އަޑު ފަތުރާފައެވެ.
މިއަޑުތަކަށް ރައްދު ދެއްވަމުން މީކާއިލް އިއްޔެ ކުރި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެޕޯސްޓަކީ އެދެބޭފުޅުންގެ ދެމެދުގައި އުފެދުނު ކުށްހީއެއްގެ ސަބަބުން ކުރެވުނު ޕޯސްޓެއް ކަމަށާއި އެޕޯސްޓު ޑިލީޓުވެސް ކުރެއްވި ކަމަށެވެ. އެހެންކަމުން މިހާރު އެޕޯސްޓުގެ ސްކްރީންޝޮޓް ނަގައިގެން ކެމްޕޭނަށް ބުރޫޢު އަރުވަން ބަޔަކު މަސައްކަތް ކުރުމަކީ ނާތަޙުޒީބު އަދި ބޭކާރު ކަމެއް ކަމުގައި މީކާއިލް ވިދާޅުވެފައިވެއެވެ.
މީގެއިތުރުން މީކާއިލް ވިދާޅުވެފައިވަނީ އެމްޑީޕީގެ ފަރާތުން ނެރިފައިވާ ކެންޑިޑޭޓުގެ ރަނިންމޭޓު، ފައިސަލް ނަސީމް އަށް، އޭނާގެ ފުރިހަމަ ތާޢީދު ލިބިގެންވާ ކަމަށެވެ.
MP @FaisalNasym is the running mate of my candidate & he has my wholehearted support in this good fight. Exploiting a screenshot of an old post (deleted long back after clearing up a miscommunication between us) in order to sabotage our campaign, will be a futile effort. Onward! pic.twitter.com/X6ak0pKope
— Mickail Naseem