އިލެކްޝަންސް ކޮމިޝަނުން ބާޠިލްކުރީ އެ ކޮމިޝަނުގެ ނިންމުމެއް ކަމަށާއި އެ ކޮމިޝަނަށް އެ ކޮމިޝަނުގެ ނިންމުމެއް ބާޠިލުކުރެވޭނެ ކަމަށް ދައުލަތުގެ ބަންޑާރަ ނައިބުކަން ވެސް ކުރައްވާފައިވާ ޤާނޫނީ ވަކީލް ދިޔާނާ ސަޢީދު ވިދާޅުވެއްޖެއެވެ.
ދިޔާނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ "އަދި އެ ނިންމުމުގެ ނަތީޖާއަކަށް ވާނީ ނިންމުމުގެ މައްޗަށް ދެބަސްވުމެއް އުފެދިފައިވާނަމަ އެކަމެއްވެސް ނިމުމަކަށް އައުން." ކަމަށެވެ.
ދިޔާނާ މިފަދައިން ވިދާޅުވެފައިވަނީ އިލެކްޝަންސް ކޮމިޝަނުން ގޮނޑިގެއްލިފައިވާކަމަށް ކަނޑައަޅާފައިވާ 12 މެންބަރުންގެ ގޮނޑި ގެއްލުވާލަން އެކޮމިޝަނުން ކުރިން ކުރިން ނިންމި ނިންމުން އެކޮމިޝަނުން އިއްޔެ ބާޠިލުކުރި މައްސަލައިގައި އެއީ އެކޮމިޝަނަށް ނުކުރެވޭނެ ކަމެއް ކަމަށާއި އަދި އެއީ ބާޠިލު ނިންމުމެއް ކަމަށް ސްޕްރީމް ކޯޓުން ރޭ އަމުރެއް ނެރެފައިވަނިކޮށެވެ.
ސްޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ 12 މެންބަރުންގެ މައްސަލަ ގެންދަނީ އެކޯޓުން ބަލަމުން ކަމަށާއި އެ ކޯޓުން ބަލަމުން ގެންދާ މައްސަލައެއްގައި އެކޯޓުން ޙުކުމެއް ކުރުމުގެ ކުރިން އެކަމަށް ގޮތެއް ނިންމުމުގެ ބާރު އެހެން އެއްވެސް ފަރާތަކަށް ލިބިގެން ނުވާ ކަމަށެވެ.
"އިލެކްޝަންސް ކޮމިޝަނުން ބާޠިލްކުރީ އިލެކްޝަންސް ކޮމިޝަނުގެ ނިންމުމެއް އިލެކްޝަންސް ކޮމިޝަނަށް އިލެކްޝަންސް ކޮމިޝަނުގެ ނިންމުމެއް ބާޠިލުކުރެވޭނެ. އަދި އެ ނިންމުމުގެ ނަތީޖާއަކަށް ވާނީ ނިންމުމުގެ މައްޗަށް ދެބަސްވުމެއް އުފެދިފައިވާނަމަ އެކަމެއްވެސް ނިމުމަކަށް އައުން."
EC in baathilkuree EC ge ninmumeh; EC ah EC ge ninmumeh baathil kureveyne; adhi e baathilkurumuge natheejaa akah vaanee ninmumuge macchah dhebasvumeh ufedhifavaanama e kameh ves nimumakah aun.
— Dhiyana