މާލޭ ގެސްޓްހައުސް އަކަށް ގަދަކަމުން ވައްދާ 16 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކޮށްފި

ކިޔުމަށް ހޭދަވާނީ 58ސ
މާލޭ ގެސްޓްހައުސް އަކަށް ގަދަކަމުން ވައްދާ 16 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކޮށްފި
މާލޭ ގެސްޓްހައުސެއް ތެރެއަށް އުމުރުން 16 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ގަދަކަމުން ވައްދާ ރޭޕް ކުރި މައްސަލައެއް ފެންމަތި ވެއްޖެއެވެ.

އިތުބާރުހުރި ފަރާތަކުން "މިއަދުނޫހަށް" މައުލޫމާތު ދިން ގޮތުގައި އެއަންހެން ކުއްޖާ ބޭރަށް ދިޔައީ އޭނާއަށް "އިތުބާރު ކުރެވޭ" ކޮންމެވެސް ވަރަކަށް ދަންނަ މީހަކާއި އެއްކޮށެވެ. އެމީހާއާއި އެއްކޮށް ދިޔައިރު ގެންދަނީ ގެސްޓްހައުސް އަށް ކަަމަށް ނޭނގޭ ކަމަށް އެމީހާ ބުންޏެވެ.

"ގެންދަން އުޅުނީ ގެސްޓްހައުސް އަކަށްކަން އެނގުނީމަ އެކުއްޖާ ބުނި ނޫނެކޭ. ނުވަންނަން ގަދަވެސް ހެދި. އެކަމަކު ގަދަކަމުން އޭނާ އެތަނަށް ވެއްދީ" މައުލޫމާތު ދިން މީހާ ކިޔައި ދިނެވެ.

ގެސްޓްހައުސެއް ތެރޭގައި އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިދިޔަ ސެޕްޓެމްބަރ މަހުގެ 25 ވަނަ ދުވަހު ކަމަށް ފުލުުހުންގެ މީޑިއާ އޮފިޝަލު މައުލޫމާތު ދީފައިވެއެވެ.

މިމައްސަލައާއި ގުޅިގެން އެއަމަލު ހިންގި މީހާ މިހާރު ވަނީ ހައްޔަރުކޮށްފައެވެ. އޭނާގެ ބަންދުގެ މުއްދަތަށް 15 ދުވަސް ޖަހާފައިވާއިރު، އޭނާއަކީ ޖިނާއީ އެކި މައްސަލަތަކުގެ ރިކޯޑު އޮތް މީހެއް ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

މިއަދު އޮންލައިން