ހަތަރު މެމްބަރެއްގެ މައްސަލަ މާދަމާ ސުޕްރީމް ކޯޓުން ނިންމަނީ

ކިޔުމަށް ހޭދަވާނީ 58ސ
ހަތަރު މެމްބަރެއްގެ މައްސަލަ މާދަމާ ސުޕްރީމް ކޯޓުން ނިންމަނީ
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި ހަތަރު މެމްބަރެއްގެ މައްސަލަ ނިންމުމަށް މާދަމާ ސުޕްރީމް ކޯޓުގައި އަޑުއެހުމެއް ތާވަލް ކޮށްފިއެވެ.

އިންތިހާބުވި ސިޔާސީ ޕާޓީޏް ވަކިވުމުން ނުވަތަ ވަކި ކުރުމުން މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ސުޕްރީމް ކޯޓުން މިދިޔަ އަހަރު ކުރި ހުކުމާ ގުޅިގެން އީސީއިން ގޮނޑި ގެއްލުނުކަމަށް ކަނޑައެޅީ ހަތަރު މެމްބަރެކެވެ. އެއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ޙުސެއިނާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުޙައްމަދާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުޙައްމަދު ވަހީދު އިބްރާހިމް ގެ އިތުރުން މަޑުއްވަރީ ދާއިރާގެ މެމްބަރު މުޙައްމަދު އަމީތެވެ.
މާދަމާ ސުޕްރީމް ކޯޓުގައި ބާއްވަނީ އެހަތަރު ބޭފުޅުންގެ މައްސަލައެވެ.

މިހަތރު ބޭފުޅުންގެ އިތުރުން އަށް މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅުމުން، އެބޭފުޅުންގެ ފަރާތުން އެމައްސަލަތައް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވެއެވެ. ނަމަވެސް އެއަށް ބޭފުޅުންގެ މައްސަލަތަކުގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން އަދި ނުފަށައެވެ.

މިއަދު އޮންލައިން