ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރު ކުރުމަށް ފުލުހުންގެ މައްޗަށް އަމުރު ކޮށްފައިވުމުން، އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރިއަށް އެބަގެންދެއެވެ.
ކޯޓުގެ އެއަމުރާ ގުޅިގެން ފުލުހުން ހޯދަމުން ގެންދަނީ ގދ. ތިނަދޫ، ޒަމާނީގެ އަހުމަދު ރަޝީދު (31އ.) އެވެ.
އޭނާ ހޯދަމުންދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ޙުކުމް ތަންފީޒުކުރުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން މިހިނގާ އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހުގެ 11:00 އަށް ސިވިލް ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.
ވީމާ އަހުމަދު ރަޝީދާއި އެއްވެސް މައުލޫމާތެއް އެނގިލައްވާ ފަރާތެއްވާނަމަ ލަސްނުކުރައްވާ އެކަން ފުލުހުންގެ ކަސްޓޯޑިއަލް ޑިޕާޓްމަންޓުގެ ނަންބަރު 9991442 އަށް ގުޅުއްވާ މައުލޫމާތު ހިއްސާ ކުރެްވުމަށް ފުލުހުން އެދިފައިވެއެވެ.