އިނގިރޭސިވިލާތާއި ބައިނަލްއަގުވާމީ މުޖުތަމައުންވެސް އުންމީދު ކުރަނީ ރައްޔިތުންގެ ނިންމުމަށް އަމަލު ކުރާނެ ކަމަށް: މާކް ފިލްޑް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 52ސ
އިނގިރޭސިވިލާތާއި ބައިނަލްއަގުވާމީ މުޖުތަމައުންވެސް އުންމީދު ކުރަނީ ރައްޔިތުންގެ ނިންމުމަށް އަމަލު ކުރާނެ ކަމަށް: މާކް ފިލްޑް
އިނގިރޭސި ވިލާތާއި ބައިނަލްއަގުވާމީ މުޖުތަމައުންވެސް އުންމީދު ކުރަނީ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ދިވެހި ރައްޔިތުން ނުކުމެ ނިންމުމަށް ސަރުކާތުން އަމަލު ކުރާނެ ކަމަށް ކަމުގައި އިނގިރޭސި ވިލާތުގެ ފޮރިން އޮފީހުގެ ސްޓޭޓް މިނިސްޓަރު މާކް ފިލްޑް މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ރާއްޖޭގައި ހުންނަވައި މާކް ފިލްޑް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ނަތީޖާ އިން ދިވެހި ރައްޔިތުން ބޭނުންވާ ގޮތް އަންގާފައިވާ ކަމަށާއި އެގޮތަށް ސަރުކާރުން އަމަލުކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

"ވޯޓުލުމުގެ ހައްގު ލިބިގެންވާ ދިވެހި ރައްޔިތުންގެ ތެރެއިން 89 ޕަސެންޓް މީހުން ވޯޓުލައި ރައްޔިތުން އެދޭގޮތް ބުނެދީފައި. އެގޮތަށް އަމަލު ކުރާނެ ކަމަށް އުއްމީދު ކުރަން." މަޖިލީހުގެ ބޭރުގައި ހުންނަވައި ޓްވީޓް ކުރެއްވި ވީޑިއޯ މެސެޖެއްގައި މާކް ވިދާޅުވެފައިވެއެވެ.

މިއަދު އޮންލައިން