ފުރާކަށް ނޫޅެން- ޕާސްޕޯޓް ހިފެހެއްޓިކަން އެނގިފައެއް ނެތް: ޝަރީފް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ފުރާކަށް ނޫޅެން- ޕާސްޕޯޓް ހިފެހެއްޓިކަން އެނގިފައެއް ނެތް: ޝަރީފް

ރާއްޖެއިން ފުރާވަޑައިގަންނަވަން ނުއުޅުއްވަވާ ކަމަށާއި ޕާސްޕޯޓް ހިފަހައްޓާފައިވާކަން އެނގިވަޑައި ނުގަންނަވާ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

"ޝަރީފް ރާއްޖެއިން ފުރާވަޑައިގަންންވަން އެއާޕޯޓަށް ވަޑައިގަތުމުން ފުރާވަޑައިގެންނެވޭ ގޮތެއްނުވި. ޕާސްޕޯޓް ވަނީ ހިފަހައްޓާފަ." ކަމަށް ބުނެ ބައެއް ފަރާތްތަކުން އަޑު ފަތުރަމުން ގެންދާތީ މިއަދުނޫހުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޝަރީފް މިއަދު ވިދާޅުވީ ފުރާވަޑައިގަންނަވަން ނުއުޅުއްވަވާ ކަމަށާއި ފުރާވަޑައިގަންނަވަން އެއާޕޯޓަށްވެސް ވަޑައި ނުގަންނަވާ ކަމަށެވެ.

"އަޅުގަނޑު ނުދަން ފުރާކަށް. އެހެންވެ ޕާސްޕޯޓް ހިފަހައްޓާފަވާކަން އަދި އެނގިފައެއް ނެތް. އެއްވެސް ކޯޓަކުންވެސް އަދި ފުލުހުންވެސް އެފަދަ ކަމެއް އަދި އަންގާފައެއް ނެތް." ޝަރީފް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބަށްފަހު އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންގެ ބޮލުގައި ބޮޑެތި ތުހުމަތުތައް އަޅުވައި ބަދުނާމު ކުރުމަށް ބައެއް ފަރާތްތަކުން ގެންދަނީ ތަފާތު ވާހަކަތައް ފަތުރަމުންނެވެ. އެކޮމިޝަނަށް އެއްވެސް މައްސަލައެއް ހުށަނާޅައި އެކޮމިޝަނުން ޖަވާބު ނުދޭ ކަމަށް ބުނެވެސް ބައެއް ފަރާތްތަކުން ގެންދަނީ އަޑު އުފުލަމުންނެވެ.
މިއަދު އޮންލައިން