ގިނަ ބައަކު އެދެނީ އޮޑިޓަރ ޖެނެރަލް ޕީޕީއެމްގެ އޮޑިޓެއްކުރަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 40ސ
ގިނަ ބައަކު އެދެނީ އޮޑިޓަރ ޖެނެރަލް ޕީޕީއެމްގެ އޮޑިޓެއްކުރަން!

ޕީޕީއެމްގެ ފުރިހަމަ އޮޑިޓެއް ކުރަން ދައުލަތުގެ އޮޑިޓަރ ޖެނެރަލަށް ގިނަ ބައަކު ގޮވާލަމުން އެބަ ގެންދެއެވެ.

އެފަދަ ފަރާތްތަކުން ބުނަމުން ގެންދަނީ މިހައިތަނަށް ފެންމަތިވި މައްސަލަތަކުން ވެސް ބޮޑެތި ސުވާލުތައް އުފެދިފައިވާ ކަމަށެވެ. ރައީސް ޔާމީނުގެ ވެރިކަން ނިމުމުގެ ކުރިން ޕީޕީއެމްގެ ދަރަނީގެ މިންވަރު ފުރިހަމައަށް ބަލަން ޖެހޭނެ ކަމަށެވެ. އެކަން ކުރަން އޮޑިޓަރ ޖެނެރަލް އަށް ގޮވާލަނީ ސިޔާސީ ޕާޓީތަކަކީ ދއުލަތުގެ ފައިސާ ބޭނުންކޮށްގެން ހިންގާ ތަންތަން ކަމަށްވާތީއެވެ.

ޕީޕީއެމްގެ މައްސަލަ ކޯޓުގައި އޮތުމަކީވެސް ގިނަ ބައެއްގެ ކަންބޮޑުވުން އިތުރުވާނެ މައްސަލައެކެވެ. ހަމަ ހަޤީޤަތުގައިވެސް ރައީސް ޔާމީނު ޕީޕީއެމް ބޭނުންފުޅުވާނެ ކަމާއިމެދުގައިވެސް ގިނަ ބައަކު ސުވާލު އުފައްދައެވެ. "މިސާލަކަށް އިންތިޚާބާއި ގުޅިގެންނާއި އެހެން ގޮތްގޮތުން ޕީޕީއެމްގެ ދަރަނި 100 ވަރަކަށް މިލިއަން ރުފިޔާއަށްވެސް އަރާފައި ނެތްކަން އެނގޭނީ ބެލީމަ ނޫންތޯ؟ މިހައި ބޮޑެތި ދަރަނިތަކަކާއިއެކު ރައީސް ޔާމީނު ހަމަ ޕީޕީއެމް ބޭނުންވާނެތޯ؟"

މިފަދަ ސުވާލުތައް ހުރިއިރު އަނެއް ބައަކު އުފައްދާ ސުވާލަކީ ބޮޑެތި ދަރަނިތަކަކާއިއެކު ރައީސް މައުމޫނަށް ޕީޕީއެމް ލިބިވަޑައިގެންފިނަމަ ދެން ވެގެންދާނެ ގޮތެވެ. އެފަދަ ސުވާލުތައް އުފައްދަނީ ޕީޕީއެމް ތަސްމީނަށް ލިބިވަޑައިގަތުމުން ޕާޓީން ކުންފުނިތަކަށާއި އެކިފަރާތްތަކަށް ދައްކަން އެއިރު ޖެހިފައި އޮތް 40 ވަރަކަށް މިލިއަން ރުފިޔާގެ ކަންތައްތައް ވެގެންދިއަ ގޮތުންނެވެ. ނުދެއްކި ލަސްވެގެން ދިއުމުން ކުންފުނިތަކަށް ކުރިމަތިވި މައްސަލަތަކަށް ރިޢާޔަތް ކޮށެވެ. އެދަރަނިތައް ބޮލުގައި އަޅުއްވައިގެން ކާނަލް ނަޝީދަށް ކުރިމަތިވެވަޑައިގެންނެވި މައްސަލަތަކަށްވެސް ރިޢާޔަތް ކޮށެވެ.

ރައީސް މައުމޫނު އެމްއާރުއެމް ރަޖިސްޓްރީ ކުރައްވައިގެން ކުރިއަށް ގެންދަވާނަމަ މިފަދަ އެއްވެސް މައްސަލައެއް ކުރިމަތި ނުވާނެއިރު މިހިރީ ގިނަ ބައަކު އުފައްދާ ސުވާލުތަކެވެ.

ކޮންމެ ގޮތެއްވީނަމަވެސް ސަރުކާރުގެ ކުންފުނިތަކަށް ލިބެންޖެހޭ ފައިސާ ނުލިބުމަކީ ރައްޔިތުންނަށް ހުރި ބޮޑެތި ގެއްލުންތަކެކެވެ. އެކަންކަމުން ކުންފުނިތައް ސަލާމަތްކޮށް ރައްޔިތުންގެ ފައިސާ ރައްކައުތެރިކޮށް ދިނުމަކީ އޮޑިޓަރ ޖެނެރަލްގެ ވެސް މަސްއޫލިއްޔަތެކެވެ.
މިއަދު އޮންލައިން