މިފެންނަނީ ވެރިކަން ލިބިއްޖެނަމަ ކޮންމެ ގޮތަކުން ނަމަވެސް ގޮނޑީގަ އިންނަން ބޭނުންވާ މަންޒަރު: ނިހާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
މިފެންނަނީ ވެރިކަން ލިބިއްޖެނަމަ ކޮންމެ ގޮތަކުން ނަމަވެސް ގޮނޑީގަ އިންނަން ބޭނުންވާ މަންޒަރު: ނިހާން

މިފެންނަނީ ވެރިކަން ލިބިއްޖެނަމަ ކޮންމެ ގޮތަކުން ނަމަވެސް އެކަން ދޫނުކޮށް ގޮނޑީގައި އިންނަން ބޭނުންވެގެން އުޅޭ މަންޒަރު ކަމަށް މުޅި އުމުރުގައި ރައީސް ޔާމީނު ވެރިކަމުގައި ބަހައްޓަން ބޫނެނުން ކަމަށާއި ޤާނޫނު އަސާސީގައި އޮންނަ 5 އަހަރުގެ 2 ދައުރަށްފަހު 2023 ގައި ވެސް ރައީސް ޔާމީނަށް ކުރިމަތިލެއްވޭނެ ގޮތެއް ހޯއްދަވަމުން ގެންދަވާ ކަމަށް ކުރިން ވިދާޅުވި ވިލިމާފަންނު ދާއިރާގެ މެންބަރު އަޙްމަދު ނިހާން ވިދާޅުވެއްޖެއެވެ. ނިހާން މިމޭރުމުން ވިދާޅުވެފައިވަނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕީއެމަށް ތާއީދު ނުލިބުނު ވިލިމާލެމާލެ މާފަންނު ދާއިރާގެ މަޖިލިސް މެންބަރުކަމަށް 2019 ވަނަ އަހަރުގެ އިންތިޚާބުގައި ކުރިމަތި ނުލައްވާނެކަން ހާމަކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ނިހާން ވިދާޅުވީ 3 ވަނަ ދައުރަކަށް ކުރިމަތި ނުލައްވަން ކުރިންވެސް ނިންމަވާފައިވާނެ ކަމަށާއި 2014 ވަނައަހަރު ނިހާނަށް ކެންޕޭނުކޮށްދިން ޓީމާއި އެކަން ޙިއްޞާކުރައްވާފައިވާނެ ކަމަށެވެ. އަދި ކުރި ނުލައްވަން ނިންމެވީ ޒުވާނުންނަށް ފުރުޞަތު ދެއްވުމަށް ކަމަށެވެ. ނިހާން ވިދާޅުވީ ފެންނަނީ މަޖިލީހުގެ ގޮނޑިއެއް ލިބުނު ނަމަވެސް އެ ގޮނޑި ދޫނުކުރަން ގޮނޑީގައި ބަގުޑި ބައްދައިގެން އުޅޭތަން ކަމަށާއި ވެރިކަން ލިބުނު ނަމަވެސް ކޮންމެވެސް ގޮތެއް ހަދައިގެން ވެރިކަން ދޫނުކުރަން އުޅޭތަން ކަމަށެވެ. ނިހާން މިމޭރުމުން ވިދާޅުވެފައިވާއިރު މިފަހަރުގެ ރިޔާސީ އިންތިޚާބުގައި 38000 ވޯޓަށްވުރެ ބޮޑު ތަފާތަކުން ރައީސް ޔާމީނު ބަލިވުމުން ވުޖޫދުގައި ނެތް މައްސަލަތަކެއް އުފައްދަވައިގެން ރައީސް ޔާމީނު ވަނީ ސްޕްރީމް ކޯޓަށް ވަޑައިގެންފައެވެ.

މިއަދު އޮންލައިން