ރާއްޖޭގެ ޖަލުތަކުގައި ޤާނޫނުތަކާއި ޤަވާއިދުތަކާއި ޚިލާފަށް ކަންތައްތައް ކުރަމުން ގެންދާ ކަމަށާއި އެކަންތައްތައް ކުރަނީ "މަތިން" ކުރަނީ މަތިން ކުރާ އަމުރުތަކެއްގެ ސަބަބުން ކަމަށް ޖަލުގައި 3 އަހަރު ހޭދަ ކުރެއްވި އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ޝައިޚް އިމްރާން ރޭ ވިދާޅުވީ ޖަލުތަކުގައި "ޖޫނިއަރ" ފެންވަރުގެ އިފިސަރުންގެ ގޮތުގައި، ޤާނޫނުތަކާއި ޤަވާއިދުތަކުގެ ތެރެއިން ކަންތައްތައް ކުރަން ބޭނުންވާ އަދި އެކަމަށް މަސައްކަތްކުރާ އޮފިސަރުން އެބަ ތިބި ކަމަށާއި އެ އޮފިސަރުންނަށް ހުރަސްތަކެއް އެބަހުރި ކަމަށެވެ. އެ ހުރަސްތައް ކުރިމަތިވަނީ މަތީ ފެނަވަރުގައި ތިބޭ ބައަކު "މަތިން" ކުރާ އަމުރުތަކެއްގެ ސަބަބުން ކަމަށެވެ.
ޝައިޚް އިމްރާން އެންމެ ބޮޑަށް ކަންބޮޑުވުން ފައުޅު ކުރެއްވި އެއްކަމަކީ ޖަލުގައި ބަންދުކުރެވޭ ޤައިދީން އިތުރަށް "ގޯސްވުމުގެ" މަގު ވަރަށް ބޮޑަށް ފަހިވާ ގޮތަށް ޖަލުތަކުގެ ކަންކަން އިންތިޒާމުކޮށްފައި އޮތުމެވެ.
ކުރަންފަށާ އެއްވެސް ތަޙްޤީޤަކަށް ވާނުވާ ނުއެނގުމަކީ އެންމެ ބޮޑު އެއް މައްސަލަކަމުގައި ގިނަ ބައަކު ދަނީ ފާހަގަކުރަމުންނެވެ.