ޙިސާން ތުޅާދޫ ދާއިރާއަށް!: 7 އަހަރު ކޯޓުތަކާ ޖަލުތަކުގައާ މަގުތަކުގަ ފަތައިފިން- ބޭނުމީ މަޖިލީހުގެ ތެރެއިން ރައްޔިތުންނަށް ޚިދުމަތް ކުރަން: ޙިސާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
ޙިސާން ތުޅާދޫ ދާއިރާއަށް!: 7 އަހަރު ކޯޓުތަކާ ޖަލުތަކުގައާ މަގުތަކުގަ ފަތައިފިން- ބޭނުމީ މަޖިލީހުގެ ތެރެއިން ރައްޔިތުންނަށް ޚިދުމަތް ކުރަން: ޙިސާން

 މަޝްހޫރު، ޚިދުމަތްތެރި ޤާނޫނީ ވަކީލް ޙިސާން ޙުސައިން، އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ތުޅާދޫ ދާއިރާއަށް ކުރިމަތިލައްވަން ނިންމަވާފައިވާކަން ޙިސާން މިއަދުނޫހަށް ކަށަވަރުކޮށްދެއްވައިފިއެވެ.

ޙިޞާން ވިދާޅުވީ ފާއިތުވި 7 އަހަރެއްހައި ދުވަހު ކުރައްވަން ޖެހިވަޑައިގެންނެވި މަސައްކަތަޕުޅުތަކުގެ ސަބަބުން ވަރަށް ގިނަ ތަފާތު ތަޖުރިބާ ތަކެއް ކުރެއްވެވިފައިވާ ކަމަށެވެ. "ފާއިތުވި 7 އަހަރަކީ ކޮންމެ ދުވަހަކުހެން ބޮޑެތި މައްސަލަތަކާއިގެން އުޅެންޖެހުނު ދުވަސްތަކެއް.

ކޯޓުތަކުން، މަގުމަތިން، ޖަލުތަކުން، ސިޔާސީ ޕޯޑިއަމްތަކުން އުޅެން މިޖެހުނީ." ހީސާން ވިދާޅުވި މަޖިލީހަށް ކުރިމަތިލައްވަން ނިންމެވީ "އިންޞާފުގެ މަގަށް ދިވެހިރާއްޖެ" ޝިޢާރުގެ ދަށުންވެސް ކުރަންޖެހޭ އެންމެ މުހިންމު އެއް މަސައްކަތަކީ ޤާނޫނުތައް އިޞްލާޙުކޮށް ރައްޔިތުންނަށް އިންޞާފު ހޯދައި ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކަމަށްވާއިރު އެ މަސައްކަތްތަކުގައި ފުރިހަމައަށް ބައިވެރިވެވަޑައިގެން، ޚިދުމަތް ކޮށްދެއްވޭނީ މަޖިލީހުގައި ހުންނަވައިގެން ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށެވެ.

އަދި ދައުލަތާއި ދައުލަތުގެ މުއައްސަސާތަކުގެ ކަންކަން ރަނގަޅުކުރުމަށާއި ޒިންމާދާރު ކުރުވަން ކުރަންޖެހޭ ކަންކަން އެންމެ ރަނގަޅު ގޮތުގައި ކުރެއްވޭނީ ވެސް މަޖިލީހުގައި ހުންނަވައިގެން ކަމަށެވެ.

ހިސާން ވަނީ ޤާނޫނީ ވަކީލެއްގެ ގޮތުން 16 އަހަރު ޚިދުމަތް ކުރައްވައިފައެވެ. ޙިސާން ވަކާލާތު ކުރައްވާފައިވާ މައްސަލަތަކުގެ ތެރޭގައި ތަފާތު ވަރަށް ގިނަ، ބޮޑެތި، މައްސަލަތައް ހިމެނޭއިރު ފާއިތުވި 7 އަހަރު ތެރޭގައި ސިޔާސީ ލީޑަރުންގެ މައްޗަށް އުފުލުނު ދައުވާތަކުގައި ޙިސާން ވަނީ ދިފާޢީ ވަކީލެއްގެ ގޮތުން އިސްދައުރެއް އަދާކުރައްވައިފައެވެ.

ހިސާނު ވަކާލާތު ކުރެއްވި އެންމެ ފުރަތަމަ ސިޔާސީ މައްސަލައަކީ ފެހި ޤާނޫނު އަސާސީ އެކުލަވައިލުމުގެ މަސައްކަތް ކުރަމުން ދިއައިރު ކުރިމަތިވި "ރިޔާސީ/ ބަރުލަމާނީ ނިޒާމުގެ ވޯޓު އޮޅުވައިލުމުގެ މައްސަލައިގައި އެމްޑީޕީގެ ފަރާތުން ކުރި ދައުވާގެ މައްސަލައެވެ.

 

އެ މައްސަލައިގައި ކޯޓުތަކަށް ވަޑައިގަތީވެސް ގިނިކަންޏާއެވެ. ހިސާން މިއަދު ވަނީ އެކަމަނާއަށް ތާއީދުކޮށްދެއްވަން ތުޅާދޫ ދާއިރާގެ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.

 

މިއަދު އޮންލައިން