ހައިކޯޓުގެ ހުކުމް- ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން މަހުލޫފް ހައްޔަރު ކުރީ ގާނޫނާ ޚިލާފަށް

ކިޔުމަށް ހޭދަވާނީ 59ސ
ހައިކޯޓުގެ ހުކުމް- ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން މަހުލޫފް ހައްޔަރު ކުރީ ގާނޫނާ ޚިލާފަށް

މިއަހަރުގެ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ރާއްޖެއަށް އިއުލާނު ކުރި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު ހައްޔަރު ކުރީ ޤާނޫނާ ޚިލާފަށް ކަމަށް ހައިކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.

ސުޕްރީމް ކޯޓުން ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ނެރުނު އަމުރާއި ގުޅިގެން އިއުލާނު ކުރި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން މަހްލޫފް ހައްޔަރުކުރީ އެމަހުގެ 22 ވަނަ ދުވަހުގެ ރޭ އެމްޑީޕީ ހަރުގެ ސަރަހައްދުން، އެތަނުގައި މާސްކު ބައްސަވަން ހުންނަވަނިކޮށެވެ. މަހްލޫފް ހައްޔަރުކުރީ ގާނޫނާ ޚިލާފަށް ކަމަށް ހައިކޯޓުން މިއަދު ހުކުމް ކުރީ،

އޭނާގެ މައްޗަށް އެމައްސަލައިގައި ކްރިމިނަލް ކޯޓުން ނެރުނު އަމުރު މަހްލޫފްގެ ފަރާތުން އިސްތިއުނާފް ކުރުމުންނެވެ. އެދުވަސްކޮޅު އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި ސިލްސިލާ މުޒާހަރާގެ ތެރެއިން، މާސްކުތައް ބައްސަވަނިކޮށް މަހްލޫފް ހައްޔަރުކުރީ ގާނޫނާ ޚިލާފަށް ކަމަށް ހައިކޯޓުން ނިންމާފައިވާއިރު، އެމައްސަލައިގައި ދައުލަތުން ވަނީ އޭނާގެ މައްޗަށް ދައުވާއެއް ވެސް އުފުލާފައެވެ. އެމައްސަލަ ކްރިމިނަލް ކޯޓުގައި ދަނީ ކުރިއަށެވެ.

މިއަދު އޮންލައިން