ޢަބްދުﷲ ރިޔާޟް ޑިފެންސް މިނިސްޓަރަށް: ރައީސް ޔާމީނުގެ ކޮރަޕްޝަން ހުޓުވަން އެމްއެންޑީއެފްގެ ދައުރު އަދާނުކުރީ ކީއްވެގެންތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
ޢަބްދުﷲ ރިޔާޟް ޑިފެންސް މިނިސްޓަރަށް: ރައީސް ޔާމީނުގެ ކޮރަޕްޝަން ހުޓުވަން އެމްއެންޑީއެފްގެ ދައުރު އަދާނުކުރީ ކީއްވެގެންތޯ؟

 ޤައުމުގެ ސިޔާދަތަށް ގެއްލުންވާ މިންވަރަށް ކޮރަޕްޝަން ފެތުރިފައިވާ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވާއިރު ރައީސް ޔާމީނުގެ ކޮރަޕްޝަން ހުއްޓުވަން އެމްއެންޑީއެފް އާއި ދައުލަތުގެ ކަމާއިބެހޭ މުއައްސަސާތަކުގެ ދައުރު އަދާނުކުރީ ކީއްވެގެންތޯ؟

ކިނބިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޟް ސުވާލު ކުރައްވައިފިއެވެ.

ރިޔާޟް ކުރެއްވި ޓްވީޓުގައި ވަނީ "ޤައުމުގެ ސިޔާދަތަށް ގެއްލުންވާ މިންވަރަށް ކޮރަޕްޝަން ފެތުރިފައިވާ ކަމަށް ވިދާޅުވާއިރު، އެކަން ހުއްޓަވަން ރައީސް ޔާމީނުގެ ސަރުކާރުން ކުރެއްވީ ކޮން ކަމެއްތޯ؟

އެމްއެމްޕީއާރުސީ މެދުވެރިކޮށް ރައީސް ޔާމީނު ހިންގި ކޮރަޕްޝަންގެ ޖަރީމާ ނުހުއްޓުވުނީ ކީއްވެގެންތޯ؟ އެމްއެމްއޭ، ބީއެމްއެލް، އެމްއެންޑީއެފް، ފުލުހުންގެ މުއައްސަސާ، އޭސީސީގެ ދައުރު އަދާނުކުރީ ކީއްވެގެންތޯ؟"

ސުވާލުކުރައްވައިފައެވެ. ފަހަކަށް އައިސް އާދަމް ޝަރީފް ގެންދަވަނީ ރާއްޖޭގައި ކޮރަޕްޝަން ޢާންމުވެފައިވާ މިންވަރާއިމެދު ކަންބޮޑުވުން ފައުޅުކުރައްވަމުންނެވެ.

ރައީސް ޔާމީނުގެ ސަރުކާރާއި މެދު ގިނަ އަދަދެއްގެ ކޮރަޕްޝަނުގެ ބޮޑެތި މައްސަލަތަކުގެ ތުހުމަތުތައް ކުރެވި ބައެއް މައްސަލަތަކުގެ ހެއްކާއި ރައީސް ޔާމީނުގެ އަމިއްލަފުޅު އިއުތިރާފް ހުރިނަމަވެސް އެއިން އެއްވެސް ކަމެއްގެ ވާހަކަފުޅު އާދަމް ޝަރީފް ދައްކަވާފައި ނުވާކަން ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން