އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް މާދަމާ ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގަންނަވާނެ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ރައީސް ޞާލިޙް މާދަމާ ސައުދީއަށް ފުރާވަޑައިގަންވާނީ އެމަނިކުފާނު ދަތުރުފުޅުކުރެއްވުމަށް ފޮނުވާ ސައުދީ އަރަބިއްޔާގެ ހާއްސަ ޖެޓެއްގައެވެ. މިދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި އިދިކޮޅު ކޯލިޝަންގެ ބައެއް އިސް ބޭފުޅުން ވެސް ބައިވެރިކުރައްވާނެއެވެ.
ރައީސް ޞާލިޙް ސައުދީއަށް ކުރައްވާ ދަތުރުފުޅުގައި އުމްރާއެއް ކުރައްވާނެ ކަމަށާއި ސައުދީގެ އެންމެ އިސް ބައެއް ބޭފުޅުންނާއި ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ. މީގެ ކުރިން ލިބިވަޑައިގެންނެވި ދައުވަތަކަށް ރައީސް ޞާލިޙް ވަނީ އަވަށްޓެރި ސްރީލަންކާއަށް ވެސް ދަތުރުފުޅެއް ކުރައްވާފައެވެ. އަން ޑިސެމްބަރު މަހު އިންޑިއާއަށް ވަޑައިގަންނަވާނބެ ކަމަށް އިންޑިއާއިން ވަނީ ބުނެފައެވެ.