އިންތިޚާބީ ރައީސް ހުވާ ކުރުމުގެ ރަސްމިއްޔާތުގެ ސެކިޔުރިޓީ ވަރުގަދަކުރީ މޯދީ ވަޑައިގަންނަވާތީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
އިންތިޚާބީ ރައީސް ހުވާ ކުރުމުގެ ރަސްމިއްޔާތުގެ ސެކިޔުރިޓީ ވަރުގަދަކުރީ މޯދީ ވަޑައިގަންނަވާތީ!

އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގެ ސެކިޔުރިޓީގެ ކަނަކަން ވަރުގަދަކުރީ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އެފަދަ ބައެއް ޢިއްޒަތްތެރިން ރާއްޖެ ވަޑައިގަންނަވާތީ ކަމަށްބެލެވެއެވެ.

އިންދިއާގެ ބައެއް ނޫސްތަކުގައި މިއަދު ހާމަކޮށްފައިވަނީ މޯދީގެ ދަތުރުފުޅަށްޓަކައި އެޑްވާންސް ޓީމެއް އިއްޔެ ރާއްޖެ އައިސްފައިވާ ކަމަށެވެ.

ރަސްމިއަޔާތު ބާއްވަން ކުރިން ހަމަޖެހިފައި އޮތީ ޢާންމުކޮށް ހުޅުވާލައިގެން ނަމަވެސް ދައުވަތުދީގެން މީހުން ގަލޮޅު ދަނޑަށް ވައްދާ ގޮތަށް މިހާރު ވަނީ ބަދަލުކޮށްފައެވެ. އެމްޑީޕީގެ ޗެއާޕަރސަން ޙަސަން ލަޠީފް އިއްޔެ ވިދާޅުވީ މި ބަދަލު ގެންނަން ޖެހުނީ ބޭރުން ގިނަ އަދަދެއްގެ ބޭފުޅުން ރަސްމިއްޔާތަށް ވަޑައިގަންނަވާތީ އާއިއެކު ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަކުރުމަށް ކަމަށެވެ.

މިއަދު އޮންލައިން