ވޯޓު ކަރުދާސް ނައްތަލި މައްސަލައިގަ ޕީޕީއެމުން ކުރި ޓްވީޓް ޕީޕީއެމްގެ މެންބަރުންވެސް ބަލައެއް ނުގަތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 42ސ
ވޯޓު ކަރުދާސް ނައްތަލި މައްސަލައިގަ ޕީޕީއެމުން ކުރި ޓްވީޓް ޕީޕީއެމްގެ މެންބަރުންވެސް ބަލައެއް ނުގަތް!

މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާސްތައް ޤާނޫނުގައި ބަޔާންކުރާ މުއްދަތަށްވުރެ 7 ދުވަސްފަހުން އިލެކްޝަންސް ކޮމިޝަނުން ނައްތަލި މައްސަލައިގައި ޕީޕީއެމުން ނެރުނު ބަޔާން ހާމަކޮށް ޕީޕީއެމުން ކުރި ޓްވީޓް ޕީޕީއެމްގެ މެންބަރުންވެސް ބަލައެއް ނުގަތެވެ.

ޓްވީޓްކުރިތާ 14 ގަޑިވީއިރުވެސް ލައިކް ކޮށަފައިވަނީ ހުކުރު ހަމަވުމަށް ދެބައިކުޅަ އެއްބައިވެސް ހަމަނުވާހައި މަދު އަދަދެއްގެ މީހުންނެވެ. ރޭޓްވީޓްކޮށްފައިވަނީވެސް ހަމަ އެހައިމެ މަދު ބައެކެވެ.

ލައިކްކޮށްފައިވަނީ 19 މީހުންނެވެ. ރީޓްވީޓްކޮށްފައިވަނީ 18 މީހުންނެވެ. ރާއްޖޭގައި އެންމެ ތާއީދު ބޮޑުކަމަސް ބުނާ ޕާޓީން މިފަދަ ކަމެއްގައި ކުރި ޓްވީޓަށް މިފަދަ ތަރުޙީބެއް މެންބަރުންގެ ކިބައިން ލިބުމުން ޕީޕީއެމުން ކަންކަން ދެކޭ ގޮތާއި ރައްޔިތުން ޤަބޫލު ކުރާ ގޮތް ދިމާނުވާކަން މިވަނީ ހާމަވެފައެވެ.

މިއަދު އޮންލައިން