ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ބާއްވާ އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަޑައިގަންނަވަން ނިންމެވުމުން އިންތިޚާބީ ރައީސްގެ ތަރުޖަމާނު މާރިޔާ މަރުޙަބާ ވިދާޅުވެއްޖެއެވެ.
މާރިޔާ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އިންޑިއާ އާއި ރާއްޖޭގެ މެދުގައި އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.