ރާއްޖޭގެ ފަތުރުވެރިކަމަށް އޮތީ އުޖާލާ މުސްތަޤްބަލެއް ކަމަށާއި އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް އިންވެސްޓަރުންގެ އިތުބާރު މިހާރުވެސް ވަރަށް ބޮޑު ކަމަށް ކެޕީޓަލް ޓްރެވަލް އެންޑް ޓްއަރސްގެ ސީއީއޯ ޔޫސުފް ރިފްޢަތު ވިދާޅުވެއްޖެއެވެ.
ރިފަޢަތު ވިދާޅުވީ ލަންޑަނުގައި ނިމިގެންދިއަ ވޯލްޑް ޓްރެވަލް މާކެޓް ވަރަށް ކާމިޔާބު ކަމަށާއި ބަދަލުވުންތަކުގައި އިންވެސްޓަރުން ޝައުޤުވެރިކަން ފައުޅުކުރި ކަމަށެވެ. އަދި ޓަރެވަލް އެޖެންޓުންގެ އިތުބާރުވެސް ބޮޑުވެފައިވާ ކަމަށެވެ.
ރިފްޢަތު ވިދާޅުވީ މިކަންކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް އިތުރު ކުރިއެރުން ލިބޭނެ ކަމަށެވެ. އަދި އިންތިޚާބީ ރައީސްގެ ވެރިކަމުގައި ރާއްޖޭގެ ފަތުރުވެރިކަމަށް އިތުރު ކުރިއެރުން ލިބިގެންދާނެކަން މި ކަންކަމުން ވެސް ޔަޤީން ކުރެއްވޭ ކަމަށެވެ.