އުފެދޭ ރައީސް (އިންތިޚާބީ ރައީސް) އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޒަޢާމަތުގެ މޫނުމަތި ކިލަނބުކުރުމަށް ހިންގާ ނުބައި ރޭވުމަށް ފުރުޞަތު ނުދޭނެކަމަށް ބުނެ އެމްޑީޕީގެ މެންބަރުން އުފުލާ އަޑު ގަދަވާން ފަށައިފިއެވެ.
އެފަދަ މީހުން ބުނަމުން ގެންދަނީ "ވައުދުނާމާ" (4 ލީޑަރުންގެ އެއްބަސްވުން) ތަންފީޒުކުރުމަށް ހުރަހަކަށްވާ މީހުންނާއި ދެކޮޅަށް އަޑު އުފުލާނެ ކަމަށެވެ. ކޯލިޝަނުގައި ހިމެނޭ ޕާޓީތަކުގެ މެންބަރުންވެސް ބުނަމުން ގެންދަނީ އެންމެ މުހިންމު ކަމަކީ 4 ލީޑަރުން އެއްބަސްވެފައިވާ ގޮތަށް 4 ލީޑަރުން އެކުގައި ކުރިއަށް ވަޑައިގަތުން ކަމަށެވެ.
"އުފެދޭ ރައީސް، އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޒަޢާމަތުގެ މޫނުމަތި ކިލަނބުކުރުމަށް ހިންގާ ނުބައި ރޭވުމަށް ފުރުޞަތެއް ނުދޭނަން. ވައުދުނާމާ ތަންފީޒުކުރުމަށް ހުރަހަކަށްވާ މީހުންނާ ދެކޮޅަށް އަޑު އުފުލާނަން."