ރާއްޖޭގެ އެންމެ ބޮޑު އެއް ސުޕަރމާކެޓް ޗޭން، ރެޑްވޭވުން ކޮންމެ ހަފްތާ ބަންދަކާ ދިމާކޮށް ޚާއްސަ ސޭލެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.
19 އޮގަސްޓުން ފެށިގެން 19 ސެޕްޓެމްބަރަށް ކުރިއަށް ގެންދާ މި ސޭލުގައި ތަރުކާރީ، މޭވާ، ކުކުޅު އަދި ފްރޯޒަން ފުޑްސްގެ ބާވަތްތަކުން %5 އާ %20 ދެމެދުގެ ޑިސްކައުންޓެއް ލިބިގެންދާނެކަމަށް ރެޑްވޭވުން މައުލޫމާތުދެއެވެ.

އެގޮތުން ބުރާސްފަތި ދުވަހުގެ ހަވީރު 16:00 ން 23:00 އަށް އަދި ހުކުރު ދުވަހުގެ ހެނދުނު 08:00 ން 11:00 އާ ދެމެދު ރެޑްވޭވްގެ ސުޕަރމާކެޓް ފިހާރަތަކުން މިގަޑިތަކުގައި ވިޔަފާރުކުރައްވަވާ ފަރާތްތަކަށް ޑިސްކައުންޓް ލިބިގެންދާނެއެވެ. މިއީ ގިނަ އަދަދެއްގެ ކަސްޓަމަރުން ހަފްތާ ބަންދުގައި ކުރައްވަވާ ވިޔަފާރިއަށް ލިބިގެންދާނެ ލުޔެއްކަމުގައި ރެޑްވޭވް އިން މައުލޫމާތު ދެއެވެ.

ދުނިޔޭގެ އިގްތިޞާދީ ހާލަތު ދަށްވެ، ރައްޔިތުންގެ މާލީ ހާލަތަށްވެސް ނޭދެވޭ ބަދަލެއް އައިސްފައިވާ މި ދަނޑިވަޅުގައި ރެޑްވޭވުން މަސއްކަތްކުރަނީ ކަސްޓަމަރުންނަށް އެކަށިގެންވާ ހެޔޮއަގެއްގައި ތަކެތި ފޯރުކޮށްދިނުމަށް ކަމަށް ރެޑްވޭވުން ބުންޏެވެ. އެގޮތުން މި ފަދަ ސޭލްތަކާއި ޕްރޮމޯޝަންތައް ވަރަށް ގިނައިން ކުރިއަށްގެންދާނެކަމުގައި އެކުންފުނިން މައުލޫމާތު ދެއެވެ.