"ކިޔަވާ ޤާރީ ފާޚާނާގެ ބޭރުގައި ވާނަމަ، އަދި ރެކޯރޑްކުރެވިފައިވާ އަޑު އަންނަނީ ފާޚާނާގެ ބޭރުން ކަމުގައިވާނަމަ އޭގައި މައްސަލައެއްނެތެވެ. އަދި ފާޚާނާ ބޭރުގައި ހުރެގެން މައިކުން ކިޔެވިކަމުގައި ވިޔަސް މައްސަލައެއްނެތެވެ. ފާޚާނާގައި ހުރެގެން ޤުރްއާން ނުވަތަ އެހެން ފައިދާހުރި ވާހަކަޔެއްވެސް އަޑުއެހުމަކީ މައްސަލައެއް ނޫނެވެ.
މަކްރޫހަވެގެންވަނީ ފާޚާނާގައި ހުރެގެން ވާހަކަދެއްކުމާއި ކިޔެވުމެވެ.
އެހެން ނަމަވެސް ފާޚާނާގއި ހުރެގެން ފާޚާނާ ބޭރުގައިވާ ރޭޑިއޯއަކުން ނުވަތަ ފާޚާނާ ބޭރުގައިވާ ރެކޯރޑްކުރެވިފައިވާ އެއްޗަކުން އަޑުއަހައިގެން ފައިދާ ޙާޞިލްކުރުމަކީ ފުރުޞަތު ގެއްލުވާނުލުމުގެ ގޮތުން މައްސަލައެއްނޫނެވެ. އަދި ހަމަކަށަވަރުން ބައެއް އިމާމްވެރި ބޭކަލުން، އަޅުގަނޑަށް ހީވަނީ އަބުލް ޢައްބާސް އިބްނު ތައިމިއްޔާ އެކަލޭގެފާނުގެ ކާފަ އަލްމަޖްދު އާއި ބެހޭގޮތުން ވިދާޅުވެފައިވެއެވެ.
އެ ބޭފުޅާ ފާޚާނާގައި ހުންނަވާ ގަޑީގައި އެބޭފުޅާގެ އަރިހުގައި ފޮތްކިޔާ މީހުން ލައްވާ ފާޚާނާ ބޭރުގައި ފޮތްކިޔުމަށްޓަކައި ބައިތިއްބަވައެވެ. ފާޚާނާގައި ހޭދަކުރާ ވަގުތުވެސް ގެއްލިގެން ނުދިޔުމަށްޓަކައެވެ. މިއިން އެނގިގެންދަނީ ޢިލްމު އަޑުއެހުމަށްޓަކައި ބާރުއަޅާ މިންވަރެވެ. އެހެންކަމުން ޢިލްމު އުނގެނޭ ދަރިވަރު ފާޚާނާގައި އިނދެގެން ފާޚާނާ ބޭރުގައި ހުރިމީހަކު މައިކު ބޭނުންކޮށްގެން އޭނާއަށް އަޑުއިއްވުމަށްޓަކައި ޢިލްމީ ފޮތެއް ނުވަތަ ޤުރްއާން ކިޔެވުމާއި ފާޚާނާ ބޭރުގައިވާ ރެކޯރޑްކުރެވިފައިވާ އެއްޗަކުން އަންނަ ޤުރްއާނުގެ އަޑު އެހުމަކީ މައްސަލައެއްނޫނެވެ. "
--ސަމާޙަތުއްޝައިޚް ޢަބްދުލްޢަޒީޒް ބުން ބާޒް رحمه الله