ދިވެހިރާއްޖޭގެ ވެރިކަން ރަސްކަމަކުން ޖުމްހޫރީ ވެރިކަމަކަށް ބަދަލުވެގެންދިއައީ 1 ޖަނަވަރީ 1953 ގައެވެ. އެވެރިކަން ނިމުނީ ހަމަ އެއަހަރުގެ އޮގަސްޓް މަހުގެ 21 ވަނަ ދުވަހުއެވެ.
ވެރިކަން ނިމުމަކަށް ގެނައީ ގުޅަކުޅޭ ފަސްގަނޑުންނެވެ. އެއިރު ތިބި ބޮޑުން އަލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާކިލެގެފާނު ހަވަރަށް ދީގެންނެވެ. އެއަށްފަހު ޤާއިމުކުރި ރަސްކަން ނިމުމަކަށް ގެނެސްފައިވަނީ އިބްރާހީމް ނާޞިރު ރަންނަބަނޑޭރިކިލެގެފާނު (ނޣޢވ، ކޭސީއެމްޖީ)ގެ ބޮޑުވަޒީރު ކަމުގައެވެ. ނާޞިރު ބޮޑުވަޒިރުކަމާއި ހަވާލުވެވަޑައިގަތީ 12 ޑެސެމަބަރު 1957 ގައެވެ. ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސްކަމުގެ ހުވާ ކުރެއްވީ 11 ނޮވެމްބަރު 1968 ގައެވެ.
5 އަހަރުގެ 2 ދައުރުގައި ވެރިކަން ކުރެއްވެވުމަށްފަހު އަމިއްލަފުޅަށް އިސްތިޢުފާ ދެއްވީ 11 ނޮވެމަބަރު 1978 ގައެވެ. ދެވަނަ ޖުމްހޫރީ ވެރިކަމެއް ފެށްޓެވުމަށްޓަކައި ނާޞިރް ފުރަތަމަ ކަމަކީ ރާއްޖޭގައި އޮންނަން ފެންނަނީ ރަސްކަމުގެ ވެރިކަމެއްތޯ ނުވަތަ ޖުމްހޫރީ ވެރިކަމެއްތޯ ބެއްލެވުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެންގެވުމެވެ. އެއިރު އޮތް ރަސްކަން ނިމުމަކަށް ގެންނަވައި ޖުމްހޫރީ ވެރިކަމެއް ޤާއިމުކުރެއްވީ އެ ވޯޓުގައި ރައްޔިތުންގެ ވަރަށް މަތީ އަޣްލަބިއްޔަތަކުން ޖުމްހޫރީ ވެރިކަމަކަށް ރައްޔިތުން ތާއީދުކޮށް ވޯޓު ދިނުމުންނެވެ.