މަޖިލީހުގެ ތަޅުން ބަލަހައްޓަން އެންމެ އެކަށީގެންވާ ބޭފުޅަކީ ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް ޤާސިމް އިބްރާހީމް ކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު ފަލާޙް ވިދާޅުވެއްޖެއެވެ.
ޤާސިމް އިބްރާހީމްއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދެވި ފަލާޙް މިމޭރުމުން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައެވެ.
ފަލާޙް ވިދާޅުވީ ވަރަށް މުހިންމު އިޞްލާޙެއް (އުމުރުން 65 އަހަރު ވެފައިވާ މީހުންނަށް ރައީސުލްޖުމްހޫރިއްޔާ) ކަމަށް ކުރިމަތި ނުލެވޭ ޤާނޫނު އުވާލަން) މިހާރުވެސް މަޖިލީހަށް ހުށަހަޅުއްވާފައިވާ ވާނެ ކަމަށާއި އަދި ޕެންޝަނާއި ބެހޭ ޤާނޫނަށް އަންނަ ހަފްތާގައި އިޞްލާޙް ހުށަހަޅުއްވާނެ ކަމަށެވެ.
އަދި އެފަދަ ބިލްތައް ވީހައި އަވަހަކަށް ފާސްކުރުން މުހިންމު ކަމަށެވެ.