ޖޭއެސްސީގައި މަޖިލިސް ތަމްސީލުކުރާ މެންބަރުކަމަށް ދިއްގަރު ދާއިރާގެ މެންބަރު ފާރިޝް މައުމޫން ކަނޑައަޅައިފިއެވެ. މަޖިލީހުގައި މިއަދު މިކަމަށް ނެގި ވޯޓުގައި 67 މެންބަރުން ވަނީ ފާރިޝް އަށް ތާއީދުކޮށް ވޯޓުދީފައެވެ.
ފާރިޝް އެމަޤާމަށް ކަނޑައެޅީ ކުރިން ހުރި ގުރައިދޫ ދާއިރާގެ މެންބަރު ރިޒާގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓުނަގައި އިއްޔެ ވަކިކުރުމާއި ގުޅިގެންނެވެ.