ކޯލިޝަނުގެ 4 ލީޑަރުން މަހަކު އެއްފަހަރު ބައްދަލުކުރައްވާނެ ކަމަށް އިންތިޚާބުގެ ރައީސް ވިދާޅުވުމުން އެއީ ކައުންސިލަކުން ރާއްޖެ ހިންގުން ކަމަށް ސިފަކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ކޯލިޝަނުގެ 4 ލީޑަރުން މަހަކު އެއްފަހަރު ބައްދަލުކުރައްވާނެ ކަމަށް އިންތިޚާބުގެ ރައީސް ވިދާޅުވުމުން އެއީ ކައުންސިލަކުން ރާއްޖެ ހިންގުން ކަމަށް ސިފަކޮށްފި

ކޯލިޝަނުގެ 4 ލީޑަރުންނާއި މަހަކު އެއްފަހަރު ބައްދަލު ކުރައްވައި ޤައުމުގައި ހުރި މަޝްވަރާ ކުރަން ޖެހޭ ބޮޑެތި ކަންކަމަށް މަޝްވަރާ ކުރައްވާނެ ކަމަށް އިންތިޚާބުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އިއްޔެ ވިދާޅުވުމުން ރާއްޖެ ޓީވީގެ މިއަދު ހެނދުނުގެ ޕްރޮގްރާމެއްގައި އެއީ ކައުންސިލަކުން ރާއްޖެ ހިންގުން ކަމަށް ސިފަކޮށްފިއެވެ.

ޕްރޮގްރާމުގައި ބުނީ ރާއްޖޭގެ ވެރިކަން ހިންގަން ޤާނޫނުގައި އޮންނަނީ ރައީސުލްޖުމްހޫރިއްޔާ ކަމަށާއި ކައުންސިލަކުން ވެރިކަން ހިންގާ ނިޒާމެއް ޤާނޫނުގައި ނުއޮންނަ ކަމަށެވެ. 4 ލީޑަރުންގެ ކޯލިޝަނަކުން މިއަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރަން ކެންޕޭނުކޮށް މަސައްކަތް ކުރިއިރު ކޯލިޝަނަކުން ވެރިކަން ހޯދަން މަސައްކަތް ކުރުމަކީ ޤާނޫނު އަސާސީގައި ނެތްކަމެއް ކަމަށް އެއްވެސް ފަރާތަކުން ފާހަގަކުރިކަން އެނގިފައެއް ނުވެއެވެ.

ގިނަ ބައަކު ޤަބޫލުކުރަނީ ކޯލިޝަނަކުން މަސައްކަތްކޮށްގެން ގެނެވުނު ވެރިކަން ދެމެހެއްޓޭނީ ވެސް އަދި ކާމިޔާބު ކަމާއިއެކު ކުރިއަށް ގެންދެވޭނީ ވެސް ވެރިކަމަށް އާދެވުނު އުޞޫލުން ވެރިކަން ކުރަން މަސައްކަތްކޮށްގެން ކަމަށެވެ.

މިއަދު އޮންލައިން