މިފްކޯ އާއި ކޫއްޑޫ ފިޝަރީޒް ކޮމްޕެނީ އަދި ޓްރާންސްޕޯޓް މިނިސްޓަރުގެ ހައިޞިއްޔަތުން ރައްޔިތުންނަށް އަގުހުރި ޚދުމަތްތަކެއް ކޮށްދެއްވާފައިވާ ޢާދިލް ސަލީމް، އަންނަ މަޖިލިސް އިންތިޚާބުގައި ގުރައިދޫ، މާފުށި އަދި ގުޅި ހިމެނޭ ގުރައިދޫ ދާއިރާއަށް ކުރިމަތިލައްވަން ނިންނަވައިފިއެވެ.
ޢާދިލް ސަލީމް އިންތިކާބުގައި ވާދަކުރައްވާނީ އެމްޑީޕީ ކެންޑިޑޭޓެއްގެ ގޮތުގައެވެ. މިހައި ތަނަށް ޚިދުމަތް ކުރެއްވި ދާއިރާތަކުގައި ނަމޫނާ ދައްކަވާފައިވާ، މާފުށްޓަށް ނިޞްބަތްވެވަޑައިގަންނަވާ ޢާދިލް ވިދާޅުވެފައިވަނީ ބޭނުންފުޅުވަނީ ގުރައިދޫ ދާއިރާއަކީ ތަރައްޤީ އާއި ކުރިއެރުމުގައި ނަމޫނާ ދާއިރާއަކަށް ހައްދަވަން ކަމަށެވެ.