އެންޓި ޑިފެކްޝަންގެ ބިލު ފާސްކުރީ ޕާޓީ ބަދަލުކޮށްފިނަމަ އަމިއްލައަށް އިސްތިއުފާ ދޭން ޖެހޭ ގޮތަށް!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 48ސ
އެންޓި ޑިފެކްޝަންގެ ބިލު ފާސްކުރީ ޕާޓީ ބަދަލުކޮށްފިނަމަ އަމިއްލައަށް އިސްތިއުފާ ދޭން ޖެހޭ ގޮތަށް!

އިންތިޚާބުވި ޕާޓީ ބަދަލުކޮށްފިނަމަ އަމިއްލައަށް އިސްތިއުފާ ދޭން ޖެހޭ ގޮތަށް އެންޓި ޑިފެކްޝަން ބިލު ފާސްކޮށްފިއެވެ.

އެންޓި-ޑިފެކްޝަން ބިލުގައިވާގޮތުން އެއްވެސް މެންބަރަކު އެ މެންބަރަކު އިންތިޚާބުވެފައިވާ ޕާޓީ ބަދަލުކޮށްފިނަމަ ނުވަތަ އަމިއްލަ ގޮތުން ހޮވޭ މެންބަރަކު ޕާޓީއެއްގެ މެންބަރަކަށްވުމުން ނުވަތަ އެހެން ޕާޓިއެއްގައި ދަފްތަރުވުމުން މެންބަރުކަމުން ވަކިވާނެއެވެ. އެ ބިލުގައިވާގޮތުން އެ މެންބަރަކު އިސްތިއުފާ ދޭން ޖެހޭނީ އަމިއްލަފުޅަށެވެ. މެންބަރުންނަށް އިސްތިއުފާ ދިނުމަށް ހަތް ދުވަހުގެ މުއްދަތެއް ދިނުމަށް ބިލުގައި ވަނީ ހިމަނާފައެވެ.

މެންބަރު ވަކި ކުރުމުގެ އިހުތިޔާރު، ދާއިރާގެ ރައްޔިތުންނަށް ލިބޭ ގޮތަށް އޮތް ނަމަވެސް ކޮމިޓީ މަރުހަލާގައި ވަނީ އެ މާއްދާ އުނިކޮށްފައެވެ.

މި ބިލު މިއަދު ފާސްކޮށްފައިވަނީ 33 މެންބަރުންގެ ވޯޓުންނެވެ. އެ ބިލާ ދެކޮޅަށް 6 މެންބަރަކު ވޯޓު ދެއްވިއެވެ.

މިއަދު އޮންލައިން