ޕިސްޓާޗިއޯ: ހަމައެކަނި މީރީއެއް ނޫން! ކެއުމުން ލިބޭ ފައިދާތަކުގެ ތެރޭގަ ހިތާ ސިކުނޑީގެ ޞިއްޙަތަށްވެސް ފައިދާކުރޭ! ފަލަވުމާ ހަކުރު ކޮންޓްރޯލްކުރަން އެހީތެރިވެދޭ!

މިއަދު
ކިޔުމަށް ހޭދަވާނީ 58ސ
ޕިސްޓާޗިއޯ: ހަމައެކަނި މީރީއެއް ނޫން! ކެއުމުން ލިބޭ ފައިދާތަކުގެ ތެރޭގަ ހިތާ ސިކުނޑީގެ ޞިއްޙަތަށްވެސް ފައިދާކުރޭ! ފަލަވުމާ ހަކުރު ކޮންޓްރޯލްކުރަން އެހީތެރިވެދޭ!

ބައެއް މީހުން ތަފާތު ނަޓްތައް ބޭނުންކުރަނީ ފޫހިފިލުވަންކައިލާއެއްޗެއްގެ ގޮތުގައެވެ. އެހެންވެ އެކަމަކަސް މާބޮޑު ސަމާލުކަމެއް ނުދެއެވެ. ފަސޭހައިން ލިބެންހުރި އެއްޗެއް ބޭނުންކުރަނީއެވެ. 

ޕިސްޓާޗިއޯއަކީވެސް މިގޮތުން ކައިއުޅޭ އެއްޗެކެވެ. ނަމަވެސް ހޯދިފައިވާ ހޯދުންތަކުން އެނގޭ ގޮތުގައި އެއީ ހަށިގަނޑަށް ވަރަށް ފައިދާހުރި އެއްޗެކެވެ. 

ޕިސްޓާޗިއޯ އިން ލިބޭ ފައިދާތަކުގެ ތެރޭގައި: ލޮލުގެ ފެނުން ރަނގަޅުކޮށްދިނުން، ފަސޭހައިން ޙަޖަމްކޮށްދިނުން، ހިތުގެ ޞިއްޙަތަށް ދުޅަހެޔޮކަން ގެނެސްދިނުން، ހަކުރުގެ ލެވެލް ކޮންޓްރޯލްކުރަން އެހީތެރިވެދިނުން، ފަލަވެގެންދިއަ ނުދިނުން، ސިކުނޑިއަށް ދުޅަހެޔޮކަން އިތުރުކޮށްދިނުން ފަދަ ފައިދާތައް ހިމެނެއެވެ. 

ޕިސްޓާޗިއޯއަކީ ގިނަ ބައަކަށް މީރުވެސް އެއްޗެކެވެ. މިފަދަ ތަކެތި ބޭނުންކުރާއިރު އެކަމުން ހަށިގަނޑަށް އެންމެ ފައިދާކުރާނެ ތަކެތި ބޭނުންކުރުމަކީ އެންމެ ފައިދާހުރި ގޮތެވެ. އަދި ބޭނުންކުރަންވާނީ ވަކި މިންވަރަކަށެވެ. ވީމާ އެއްވެސް ބައްޔަކަށް ފަރުވާކުރަމުން އަންނަނަމަ އެންމެ ރަނގަޅު ގޮތަކީ ޑޮކްޓަރުންގެ ލަފާ ހޯދައި ޑޮކްޓަރުންގެ އިރުޝާދާ އެއްގޮތަށް ބޭނުންކުރުމެވެ! 

- މަޢުލުމާތު: ޞިއްޙީ ޚަބަރު

މިއަދު އޮންލައިން