ހަކުރުގިނަ ބުއިންތައް ބޭނުންކުރާ މީހުންނަށް ހަކުރުބަލި ޖެހުމުގެ ފުރުޞަތު ބޮޑުވެގެންދޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ހަކުރުގިނަ ބުއިންތައް ބޭނުންކުރާ މީހުންނަށް ހަކުރުބަލި ޖެހުމުގެ ފުރުޞަތު ބޮޑުވެގެންދޭ!

ދުނިޔޭގެ ނިޞްބަތުންވެސް އެންމެ ގިނަ އެއް ބަޔަކީ ހަކުރުބަލިކަމަށް މިވަނީ ވެފައެވެ. އެހެންވެ މިކަމުގެ ދިރާސާތައް މެދު ނުކެނޑި ގެންދަނީ ކުރަމުންނެވެ. 

އެންމެ ފަހުގެ ދިރާސާތަކުން އެނގުނު ގޮތުގައި ހަކުރު އަޅައިގެން އުފައްދާފައި ހުންނަ ބުއިންތައް ބޭނުންކުރުމަކީ ހަކުރުބަލި ޖެހުމަށް މަގުފަހިވެގެންދާ ކަމެކެވެ. ޚާއްޞަކޮށް ގިނަ ޢަދަދަކަށް ހަކުރު އަޅާފައި ހުންނަ ޖޫސްތަކާއި ފިޒީ ބުއިންތައް ބޭނުންކުރުމުން ނުރައްކާ އިތުރުވެގެންދެއެވެ. 

މިބާވަތުގެ ބުއިންތައް ބޭނުންކުރުމުން ކުރިމަތިވަނީ ހަމައެކަނި ހަކުރުބަލީގެ މައްސަލަތަކެއް ނޫނެވެ. ލޭހޮޅިތަކުގައި ސަރުބީ ޖަހައި ބެދި ހިތުގެ ނުރައްކާތެރި މައްސަލަތައްވެސް ކުރިމަތިވެއެވެ. 

ގިނަ ބައަކު ކަސްރަތުކުރަމުންވެސް މިބާވަތުގެ ބުއިންތައް ބޭނުންކުރެއެވެ. އެހެންވެ ކަސްރަތުކުރުމުން އެމީހުންގެ ހަށިގަނޑަށް ކުރަންވާ ޙަޤީޤީ ފައިދާއެއް ނުކުރެއެވެ. ވީމާ ބިއްދިވެރި ގޮތަކީ މިބާވަތުގެ ބުއިންތައް ބޭނުން ނުކުރުމެވެ. 

2020 ގައި ކުރެވުނު ދިރާސާއަކުންވެސް އެނގިފައިވަނީ ހަކުރުއަޅާފައި ހުންނަ ބުއިންތައް ބޭނުންކުރާ 10 އިންސައްތަ މީހުންނަށް ހަކުރުބަލި ޖެހުނު ކަމެވެ. އެހެންކަމުން މިއީ މިއަދު ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހިފައިވާ ކަމެކެވެ.

 

- މަޢުލޫމާތު: ޞިއްޙީ ޚަބަރު

މިއަދު އޮންލައިން