އެއާޕޯޓް އަޅަންވީ ފަތުރުވެރިކަމުން ބޮޑު އާމްދަނީ ލިބޭނެ ފަތުރުވެރިކަމަށް އެންމެ ރަނގަޅު ރަށްރަށަކު ނޫން: މުހައްމާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
އެއާޕޯޓް އަޅަންވީ ފަތުރުވެރިކަމުން ބޮޑު އާމްދަނީ ލިބޭނެ ފަތުރުވެރިކަމަށް އެންމެ ރަނގަޅު ރަށްރަށަކު ނޫން: މުހައްމާ

ހއ އަތޮޅުގައި އެއާޕޯޓް އަޅަންވީ ފަތުރުވެރިކަމުން ބޮޑު އާމްދަނީ ލިބޭނެ، ފަތުރުވެރިކަމަށް އެންމެ ރަނގަޅު ރަށްރަށުގައި ނޫން ކަމަށާއި އަތޮޅުގެ ރައްޔިތުންނަށް އެންމެ ފައިދާހުރި، އެންމެ ބޮޑަށް ލުއިފަސޭހަކަން ލިބޭނެ ރަށެއްގައި ކަމަށް އިހަވަންދޫ ޑާއިރާގެ މެންބަރު މުޙައްމަދު ޢަބްދުﷲ (މުހައްމާ) ވިދާޅުވެއްޖެއެވެ.

މުހައްމާ މަޖިލީހުގައި މިއަދު ވިދާޅުވީ ހއ އަތޮޅުގައި ތަރައްޤީކުރާ އެޢާޕޯޓުގެ ސަބަބުން އަތޮޅުގެ ހުރިހާ ރައްޔިތުންނަށް ލުއިފަސޭހަކަން ލިބެން ޖެހޭނެ ކަމަށެވެ. އެހެންކަމުން ރައީސް ޔާމީނުގެ ސަރުކާރުން އެއާޕޯޓް ތަރައްޤީކުރަން ފަށާފައިވާ މާފިނޮޅަކީ އެކަމަށް އެންމެ ރަނގަޅު ރަށް ކަމަށް އަތޮޅުގެ ގިނަ ބައަކު ޤަބޫލު ނުކުރާ ކަމަށެވެ.

މުހައްމާ އެރަށަކީ ފަތުރުވެރިކަމަށް ބޭނުންކޮށްފި ނަމަ މާގިނަ އާމްދަނީ ދައުުލަތަށް ލިބޭނެ ރަށެއް. އެރަށަށްވުރެ މާގިނަ ބައަކަށް ފަސޭހަވާނެ ހުވަހަންދޫގައި އެއާޕޯޓް ތަރައްޤީ ކުރި ނަމަވެސް. މުޅަދޫ އަކީ ބިމުގައި ޖާގަ ބޮޑު މީސްކޮޅު މަދު ތަރައްޤީއަށް ވަރަށް ބޮޑަށް ބޭނުންވެފައި އޮތް ރަށެއް. ވީމާ އަތޮޅުގެ އެންމެ ރަށެއްގެ ރައްޔިތުންނަށް (ހޯރަފުށީ ރައްޔިތުންނަށް) އެންމެ ފަސޭހަވާނެ ގޮތަށް ބަލައިގެނެއް ނޫން ކަންކަން ކުރަން ވާނީ." މުހައްމާ ވިދާޅުވީ ރައީސް ޔާމީނުގެ ސަރުކާރުން މުޅަދޫ ތަރައްޤީ ނުކުރީ އެއީ މީހުން ބާލަން ޖެހިފައިވާ ރަށެއްކަމަށް ބުނެ ކަމަށެވެ. ނަމަވެސް އެރަށުގެ ރައްޔިތުން ތިބީ ރަށް ފަޅުކޮށްފައި ރަށުން ފައިބާ ގޮތަށް ނޫން ކަމަށެވެ. މުހައްމާ މިމޭރުމުން ވިދާޅުވެފައިވާއިރު ރައީސް ޔާމީނު ވިދާޅުވަމުން ގެންދެވީ އެމަނިކުފާނު ރަށްތައް ތަރައްޤީ ކުރައްވަނީ އާބާދީއަށް ބައްލަވައިގެން ނޫން ކަމަށެވެ. މުޅަދޫ އަކީ 384 މީހުން ދިރިއުޅޭ ވަރަށް ބިން ބޮޑު ރަށެކެވެ.

މިއަދު އޮންލައިން