ފިނިފެންމާ ގަހަށް ޖެހޭ ބަލިތަކަށް ދުރާލާ ސަމާލުސަމާލުކަންދޭންވީ ކަންކަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 58ސ
ފިނިފެންމާ ގަހަށް ޖެހޭ ބަލިތަކަށް ދުރާލާ ސަމާލުސަމާލުކަންދޭންވީ ކަންކަން!

ކޮންމެ ވައްތަރެއްގެ ގަހެއް ހެއްދި ކަމުގައި ވިޔަސް، ތަފާތު ވައްތަރުގެ ބަލިތަކާއި ކުރިމަތިވެއެވެ. އެހެންނަމަވެސް ދުރާލާ ދެނެގަނެވިއްޖެނަމަ ގަސްތަކަށް ޖެހޭ ބަލިތަކުން ގަސްތައް ސަލާމަތްކުރުމަށް މަގުފަހިވެއެވެ. 

ފިނިފެންމަލަކީ ވެސް ހައްދަން ފަސޭހަ ގަހެކެވެ. މި ލިޔުމުގައި މި ބަލާލަނީ ފިނިފެންމާ ގަހަށް ޖެހޭ ބަލިތަތަކަށް ދުރާލާ ސަމާލުވާނީ ކިހިނެތްކަމާއި ބެހޭގޮތުންނެވެ.

ފިނިފެންމާ ގަސް ހައްދާއިރު އެއްތަނެއްގައި ގިނަ ގަސް ހެއްދުމަށްވުރެ ބަލިތަކާއި ދުރުވަނީ އެހެން ވައްތަރުގެ މާގަސްތަކުގެ ތެރޭގައި ފިނިފެންމާ ގަސް ހެއްދުމުންނެވެ. އެހެންނަމަވެސް އަހަރެމެންގެ ލޯތަކަށް ބަލާލަން ރީތިވަނީ، ހިތްގައިމު ވަނީ އެއްތަނެއްގައި ގިނައިން ފިނިފެންމާ ހައްދާފައި ހުރުމުންނެވެ. މި ގޮތަށް ފިނިފެންމާ ގަސް ހައްދާނަމަ ވަރަށް ބޮޑަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެއެވެ.

ފިނިފެންމާ ގަހަށް ދިމާވާ މައްސަލަތައް ދިމާވުމުގެ ކުރިން މައްސަލަ ހައްލުކުރުން:

1. އެންމެ ފުރަތަމަ މައްސަލަ ދިމާވުމުގެ ކުރިން އެކަމަށް ފުރިހަމައަށް ފިޔަވަޅު އެޅުމަކީ ވަރަށް މުހިންމުކަމެކެވެ. ގަސް އިންދާތަނާއި ގަސް ޚިޔާރުކުރުން ވަރަށްބޮޑު ރޯލެއް އަދާކުރެއެވެ. ފިނިފެން މަލަކީ ފަސްގަނޑުގައި މާބޮޑަށް ފެން ގިނަވެއްޖެނަމަ މައްސަލަތަކާއި ދިމާވެއެވެ. އެހެންކަމުން މާ ތެތް ބޮޑު ނޫން ބިންގަޑެއް ޚިޔާރުކުރުން ވަރަށް މުހިންމެވެ. އަދި ރާއްޖޭގައި ހެއްދޭނެ ވެރައިޓީ އެއްގެ ގަސް ހެއްދުންވެސް މުހިންމެވެ.

2. ގަސްތައް ސިއްޙަތު ރަނގަޅުކޮށް ހުރުންވަރަށް މުހިންމެވެ. މިކަމަށްޓަކާއި ކުރެވިދާނެ ކަންކަމަކީ:

• ގަސްތަކަށް ބޭނުންވާ ވަރަށް ބޭނުންވާ ވަގުތުގައި ކާނާ ފޯރުކޮށްދިނުން. މިގޮތުން ފަސްގަނޑު ހިކޭ މިންވަރުބަލައި ފެންދޭންވާނެއެވެ. އަދި ގަސް ކާނާ މަހަކު އެއްފަހަރު އެޅުން ރަނގަޅެވެ. ފިނިފެންމަލަށް އެންމެ ރަނގަޅީ އޯގަނިކް ކާނާއެވެ.

• މާ އަޅާ މޫސުމްގައި މާގިނައިން ނައިޓްރޮޖަން އެކުލެވޭ ކާނާ ބޭނުން ނުކުރުން

• ވައި ދައުރުކުރުން ރަނގަޅު ކުރުމަށް ފަސްގަނޑު ދޭތެރެ ދޭތެރެއިން ދޫކުރުން

• ބަލިޖެހިގެން ގަސްދޮށަށް ވެއްޓިފައި ހުންނަ ފަތްތައް ހިވާ ސާފުކުރުން(އެއީ ހިކިގެން ވެއްޓިފައި ހުންނަ ފަތްތަކުގައި ދިރޭތަކެތި އުފެދި އޭގެ ސަބަބުން ބަލި ފެތުރިދާނެތީ

• ގަހަށް ބައްޔެއް ޖެހުނުކަން އެނގުމުން ބައްޔާއި ގުޅޭ ބޭހެއް ބޭނުންކުރަންވާނެ

 

- ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ

 

މިއަދު އޮންލައިން