ހިކެން ބޭނުންކުރާ އިތުބާރުކުރެވޭ ބޭސްތަކުން ހިކުނަސް ގިތަށް ނުރަތަލެއް ނެތް-: ދިރާސާ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 39ސ
ހިކެން ބޭނުންކުރާ އިތުބާރުކުރެވޭ ބޭސްތަކުން ހިކުނަސް ގިތަށް ނުރަތަލެއް ނެތް-: ދިރާސާ

ހިކެން ބޭނުންކުރާ އިތުބާރުކުރެވޭ ބޭސްތަކުން ހިކުނަސް ހިތަށް ނުރައްކަލެއް ނެތް ކަމަށް ދިރާސާއަކުން ދައްކައިފިއެވެ. ދިރާސާގައި ބުނެފައިވަނީ ޑުޕްލިކޭޓް އުފެއްދުންތައް ވަރަށް ގިނަ ކަމަށާ ބޭނުންކުރަންވާނީ "އޮރިޖިނަލްކަން ޔަޤީންކުރެވޭ" ބޭސްތައް ކަމަށެވެ. އަދި ބޭނުންކުރަންވާނީ ޑޮކްޓަރުންގެ އިރުޝާދާއި އެއްގޮތަށް ކަމަށާއި ޤަވާޢިދުން ޗެކްކުރަމުން ގެންދަން ޖެހޭނެ ކަމަށެވެ. 

"ބައެއް މީހުންނަށް ހީވަނީ ހިކުނީމަ ހިތަށް ގެއްލުން ލިބޭކަމަށް. އަދި ހާޓް އެޓޭކް ޖެހިދާނެ ކަމަށް. އެބާވަތުގެ މައްސަލަތައް ނުކުންނަނީ ޑޮކްޓަރުންގެ އިރުޝާދުތައް ނުހޯދައި ބޭނުންކުރީމާ. އަމިއްލައަށް ބޭސްގަނެގެން ބޭނުންކުރީމާ. ފުރަތަމަ ކަމަކަށް ޑޮކްޓަރުންގެ އިރުޝާދު ހޯދަންޖެހޭނެ. ކޮންމެ މީހަކަށް ހުރިހާ ބޭހެއް ނުގުޅޭނެ. ވީމާ އިޝްތިހާރުތައް ބަލައިގެން އަމިއްލައަށް ބޭސްގަނެގެން ކެއުމަކީ ރައްކައުތެރި ގޮތެއް ނޫން!" 

"ހިކުމަކީ ހިތަށްވެސް ރައްކައުތެރިކަން ލިބޭކަމެއް! އެކަމަކު ހިކެންޖެހޭނީ ޑޮކްޓަރުން ދޭ އިރުޝާދުގެ ދަށުން އެމީހަކަށް ގެއްލުން ނުވާނެ މުއްދަތެއްގަ. ބައެއް މީހުންނަށް ބޭނުންވަނީ އަވަހަށް ހިކި ނަތީޖާ ނެރެން. އެއީ ރިސްކް ބޮޑުކަމެއް!" ކަމަށްވެސް ރިޕޯޓްގައި ބުނެފައިވެއެވެ. 

"ހިކިކޮށް ތިބޭ މީހުންނަށް ހިތުގެ މައްސަލަތައް ޖެހުން ބޮޑުތަނުން ކުޑަވެގެންދޭ. ޢާންމު ގޮތެއްގައި ފަލަ މީހަކު ކަސްރަތުން ނަމަވެސް ހިކިއްޖެނަމަ ރިސްކް 20 އިންސައްތަ ކުޑަވެގެންދޭ. އެންމެ ރަނގަޅު ގޮތަކީ ކަސްރަތުކުރުމުންނާ ކެއިންބުއިމަށް ބަދަލުގެނެސްގެން ހިކުން. އެއިރުން އެންމެ ރަނގަޅީ. އެކަމަކު އެކަންކަންވެސް ކުރިއަށްގެންދަން ރަނގަޅީ ޑޮކްޓަރުންގެ އިރުޝާދާއެކު" ކަމަށްވެސް ބުނެފައިވެއެވެ. 

"އިންސްޓްރަކްތަރުންނަށް ބުނެދެވޭނީ ކަސްރަތުކުރަން. ޑައިޓިޝިއަނުންނަށް ބުނެދެވޭނީ ކެއުން ބަހައްޓަންވީ ގޮތް. ކުރިމަތިވާ ޞިއްޙީ ނުރައްކާތައް އެނގޭނީ ޑޮކްޓަރުންނަށް. އެހެންވެ ޑޮކްޓަރުންގެ ލަފާ ހޯދުން މުހިންމުވަނީ."

 

- މަޢުލޫމާތު: ޞިއްޙީ ޚަބަރު

މިއަދު އޮންލައިން