ވެރިކަން ލިބުމުން ފުރަތަމަ ހަފްތާގަ ޖަލަށް ޒިޔާރަތް ކުރެއްވި ރައީސަކަށް އިބްރާހީމް މުޙައްމަދު ޞާލިޙް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
ވެރިކަން ލިބުމުން ފުރަތަމަ ހަފްތާގަ ޖަލަށް ޒިޔާރަތް ކުރެއްވި ރައީސަކަށް އިބްރާހީމް މުޙައްމަދު ޞާލިޙް!

ޤައުމުގެ ވެރިކަން ނުވަތަ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމު ލިބިވަޑައިގަތުމުން ފުރަތަމަ ހަފްތާގައި ޖަލަށް ޒިޔާރަތް ކުރެއްވި ރައީސަކަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެވަޑައިގެންފިއެވެ.

އެކަން ފާހަގަކުރައްވައި ޖޭޕީގެ ޑިޕިޔުޓީ ޕީޖީ ލީޑަރު ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ރޭ ވިދާޅުވީ މިފަހަރުގެ އިންތިޚާބުގައި ރައްޔިތުން ނުކުމެ ވޯޓުލީ ވަކި ޕާޓީއެއް ވެގެން ނޫން ކަމަށާއި ރައްޔިތުން ލާފައިވަނީ ޤައުމީ ވޯޓެއް ކަމަށެވެ.

އަދި އެކަމުގެ ނަތީޖާ ވެސް އަންނަނީ ފެންނަމުން ކމަށެވެ. "ފަހުގެ ތާރީޚެއްގައި އަޅުގަނޑުމެންނަކަށް ފެނިފައެއް ނެތް ވެރިކަން ލިބޭތާ ފުރަތަމަ ހަފްތާގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޖަލަށް ޒިޔާރަތްކުރައްވާ ތަނެއް.

ޖަލުގެ ޙާލަތު ބައްލަވައި ކަންކަން ރަނގަޅު ކުރަން މަސައްކަތް ކުރައްވާ ތަނެއް ނުފެނޭ." ޢަލީ ޙުސައިން ވިދާޅުވިއެވެ. ރައީސް ޔާމީނުގެ ސަރުކާރުން ވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ހިފައި ހައްޔަރުކޮށް ދޫނިދޫ ޖަލުގައި އެތައް ދުވަހަކު ބަހައްޓައިފައެވެ. އެހެންކަމުން ދޫނިދޫ ޖަލަކީ ކޮން ފަދަ ހާލަތެއްގައި ހުރި ތަނެއްކަން ރައީސް ޞާލިޙަށް ވަނީ ވަރަށް ބޮޑަށް ތަޖުރިބާ ކުރެއްވިފައެވެ.

 

ރައީސް ޞާލިޙް ދޫނިދޫ ޖަލަށް އިއްޔެ ކުރެއްވި ޒިޔާރަތުގައި ހަމަ އެޖަލުގެ ތަޖުރިބާތައް ވަރަށް ރަނގަޅަށް ކުރައްވައިގެން ހުންނެވި ހޯމް މިނިސްޓަރު ޝައިޚް އިމްރާން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ޝައިޚް އިމްރާން ވަނީ ޙޯމް މިނިސްޓަރުކަން ލިބިވަޑައިގަތުމާއިއެކު ޖަލަށް ޒިޔާރަތް ކުރައްވައިފައެވެ.

މިއަދު އޮންލައިން