"މައްޗަންގޮޅި އަންހެނުންގެ ރޫޙް" ގެ ގޮތުގައި ފާހަގަކުރެވުނު ސަރަނގު ޝަމީމާ ނިޔާވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
"މައްޗަންގޮޅި އަންހެނުންގެ ރޫޙް" ގެ ގޮތުގައި ފާހަގަކުރެވުނު ސަރަނގު ޝަމީމާ ނިޔާވެއްޖެ

"މައްޗަންގޮޅި އަންހެނުންގެ ރޫޙް" ގެ ގޮތުގައި ފާހަގަކުރެވުނު މއ. ފެހިއަލިއާގޭ ޝަމީމާ (ސަރަނގު ޝަމީމާ) ނިޔާވެއްޖެއެވެ.

ޝަމީމާ ނިޔާވީ މިއަދު ހެނދުނު އެވެ. ސަރަނގު ޝަމީމާ އަކީ އަވަށު ރޫޙްގައާއި ޤައުމީ ރޫޙްގައި އަގުހުރި ޚިދުމަތްތައް ކުރައްވަމުން ގެންދެވި ބޭކަނބަލަކަށްވާތީ އެކަންކްމުގެ އަގު ވަޒަންކޮށް ރައީސް މައުމޫނުގެ ވެރިކަމުގައި ވަނީ "ކަނބުލޭގެފާނު" ކަމުގެ ޢިއްޒަތްވެސް އަރުވައިފައެވެ. ޝަމީމާއަށް މިއަހަރު ވަނީ އިޖުތިމާއީ ހިދުމަތުގެ ދާއިރާއިން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޝަރަފުވެރިކަމުގެ ގައުމީ އިނާމު ވެސް ދެއްވައިފައެވެ.

ޝަމީމާޢަކީ މަޝްހޫރު ފެހުންތެރިއެކެވެ. އެކި ދުވަސްވަރު އެކި ފެންވަރުގައި ޝަމީމާ ވަނީ ފެހުމުގެ މަސައްކަތް ކުރައްވައިފައެވެ. އެއިގެ އިތުރުން ޝަމީމާ ވަނީ ފެހުމާއި މާޖެހުމާއި ޖަރީ ކުރުމުގެ ކޯސްތައް ހިންގަވައި 6000 އެއްހައި މީހުންނަށް އެ މަސައްކަތް ދަސްކޮށް ދެއްވައިފައެވެ.

ޝަމީމާގެ ޚިދުމަތުގައި އެންމެ ބޮޑަށް ފާހަގަ ކޮށްލެވޭ އެއްކަމަކީ ކޮންމެ ކަމެއްގައިވެސް އަމަލީ ގޮތުން ބައިވެރިވެވަޑައިގެން މަސައްކަތް ކުރެއްވުމެވެ. ޝަމީމާ ގެންދެވީ އެއީ އަވަށު މަސައްކަތެއް ނަމަވެސް ޤައުމީ މަސައްކަތެއް ނަމަވެސް އަދި އަމިއްލަފުޅު މަސައްކަތެއް ނަމަވެސް ޓީވީތަކުން އިންޓަރވިޔުދެއްވައި ގޮތް ކޔައިދެއްވުމުގެ ބަދަލުގައި އެކަމެއްގައި އެހެން މީހުން ފަދައިން އަމަލީ ގޮތުން ވެސް ބައިވެރިވެވަޑައިގަންނަވަމުންނެވެ.

މިއަދު އޮންލައިން