ޕީޕީއެމްގެ މައްސަލަ ސްޕްރީމް ކޯޓުން ނުނިންމޭނަމަ ބެންޗް އިސްތިއުފާ ދިނުމަށް މޫސާ މަނިކު ގޮވާލައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
ޕީޕީއެމްގެ މައްސަލަ ސްޕްރީމް ކޯޓުން ނުނިންމޭނަމަ ބެންޗް އިސްތިއުފާ ދިނުމަށް މޫސާ މަނިކު ގޮވާލައްވައިފި

އިލެކްޝަންސް ކޮމިޝަނުން ސްޕްރީމް ކޯޓަށް ހުށަހަޅާފައިވާ ޕީޕީއެމްގެ މައްސަލަ ސްޕްރީމް ކޯޓުން ނުނިންމޭނަމަ ބެންޗް އިސްތިއުފާ ދިނުމަށް މަޖިލީހުގެ ނައިބް ރައީސް މޫސާ މަނިކު ގޮވާލައްވައިފިއެވެ.

މުސާ މަނިކު ވިދާޅުވީ ޕީޕީއެމް އަކީ ރައީސް ޔާމީނު ނޫން ކަމަށާއި ޕީޕީއެމަށް ތާއީދުކޮށް 96،000 ރައްޔިތުން ވޯޓުދީފައިވާއިރު އެ ރައްޔިތުންގެ ޙައްޤުތައް ހިމާޔަތްކުރެވެން ޖެހޭނެ ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށެވެ.

މޫސާ މަނިކުގެ ވާހަކަފުޅާއި ގުޅިގެން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމް ވަނީ "މަޖިލީހުގެ ޖަލްސާތަކުގައި ވާހަކަ ދައްކަން ޖެހޭނީ ހުށަހެޅިފައި އޮންނަ މައްސަލަތަކަށް ކަމަށާއި ސްޕްރީމް ކޯޓާއި ބެހޭ އެއްވެސް މައްސަލައެއް މިއަދު ހުށަހެޅިފައި ނުވާއިރު ސްޕްރީމް ކޯޓާއި ބެހޭގޮތުން ވާހަކަ ނުދެއްކުމަށް" އެދިވަޑައިގެން މުސާ މަނިކުގެ ވާހަކަފުޅު ހުއްޓުވައިފައެވެ.

މިއަދު އޮންލައިން