އިންޑިއާ އާ ރާއްޖޭގެ މެދުގަ 200 މިލިއަން ޑޮލަރުގެ "ކަރަންސީ ސްވެޕް" އެއްބަސްވުމެއް ހަދަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 47ސ
އިންޑިއާ އާ ރާއްޖޭގެ މެދުގަ 200 މިލިއަން ޑޮލަރުގެ "ކަރަންސީ ސްވެޕް" އެއްބަސްވުމެއް ހަދަނީ

ރާއްޖެއިން އިންޑިއާ އާއި ރާއްޖޭގެ މެދުގައި 200 މިލިއަން ޑޮލަރުގެ "ކަރަންސީ ސްވެޕް" އެއްބަސްވުމެއް ހަދަން ހުށަހަޅައިފިއެވެ. އިންޑިއާގެ ބައެއް ނޫސްތަކުގައި ބުނެފައިވަނީ މިފަދަ އެއްބަސްވުމެއް ޤާއިމުކުރަން ރާއްޖޭގެ ފަރާތުން ހުށަހެޅުއްވީ އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ޓްރޭޑް މިނިސްޓަރު ފައްޔާޟް އިސްމާޢީލް ކަމަށެވެ.

މިފަދަ އެއްބަސްވުމަކަށް ފައްޔާޟް އެދިވަޑައިގެންފައި ވަނީ މިހިނގާ 3 މަހުން ފެށިގެން 6 މަސް ދުވަހުގެ މުއަދަތަކަށެވެ. އެ މުއްދަތުގައި ދެ ޤައުމުގެ މެދުގައި ޑޮލަރު ބޭނުން ނުކޮށް ފައިސާގެ މުޢާމަލާތުތައް ކުރެވޭނެ ގޮތް ހެދުމަށެވެ. މީގެ އިތުރުން އައިހެވަން މަޝްރޫޢު ކުރިއަށް ގެންދިއުމުގެ ފުރުޞަތު އިންޑިއާއަށް ފައްޔާޟް ހުށަހަޅުއްވާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

އަދި އިންޑިއާގެ އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓް ކުރުމަށް ޝައުޤްވެރިކަން އިތުރުކުރުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް ވެސް ފައްޔާޟް އާއި ހަވާލާދީ ބުނެފައިވެއެވެ.

މިއަދު އޮންލައިން