އޮންލައިންކޮށް ވިޔަސް އޮފްލައިންކޮށް ވިޔަސް އަނިޔާއަށް ޖާގަދީގެން ނުވާނެ: ވަޒީރު ޤީލާ

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 8ސ
އޮންލައިންކޮށް ވިޔަސް އޮފްލައިންކޮށް ވިޔަސް އަނިޔާއަށް ޖާގަދީގެން ނުވާނެ: ވަޒީރު ޤީލާ

ވާރޗުއަލް ދުނިޔެއާއި އޭގެ ނަތީޖާތަކަކީ ހަގީގަތެއްކަން ފާހަގަކުރައްވައި، އޮންލައިންކޮށް އަދި އޮފްލައިންކޮށްވިޔަސް އެއްވެސް މާހައުލަކީ އަނިޔާއަށް ޖާގަދޭ ތަނަކަށް ނުވާނެކަން އެންމެން ގުޅިގެން ކަށަވަރުކުރަންޖެހޭ ކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމާ ދެކޮޅަށް މަސައްކަތްކުރާ ދުވަހާ ގުޅުވައިގެން ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާއާ ދެކޮޅަށް ހޭލުންތެރިކަން އިތުރުކުރުމަށް ކޮންމެ އަހަރަކު ކުރިއަށްގެންދާ "16 ޑޭޒް އޮފް އެކްޓިވިޒަމް އެގެއިންސްޓް ޖެންޑަރ ބޭސްޑް ވަޔަލެންސް" ހަރަކާތްތައް އިފްތިތާހުކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާގެ އެކި ބާވަތުގެ މައްސަލަތަކަކީ އައު ވާހަކަތަކެއް ނޫން ކަމަށާއި، އޭގެ ތެރެއިންވެސް ޓެކްނޮލޮޖީގެ ޒަރިއްޔާއިން އިތުރުވަމުންދާ އަނިޔާގެ މައްސަލަތަކަކީ މިއަދު ކަންބޮޑުވާ ހިސާބުގައި އޮތް ކަމެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންކަމުން މިކަމަށް ރިއާޔަތްކޮށް ގައުމީ އަދި ފަރުދީ ފެންވަރުގައި އަދިވެސް ހާއްސަ މަސައްކަތްތަކެއް ކުރަންޖެހޭކަން އެކަމަނާ ހާމަކުރެއްވިއެވެ.

"އަޅުގަނޑުމެން ކޮންމެ މީހަކީ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރާ މީހުން. މި ބޭނުންކުރުމުގައި އަޅުގަނޑުމެން އެންމެން އަނެކާގެ ރައްކާތެރިކަމާ ކަރާމާތް އިސްކުރަންޖެހޭ. ތިމާއަށް މީގެން ގެއްލުންވާނެ ފަދައިން އަނެކާއަށްވެސް މީގެން ވާ ގެއްލުމާ މެދު ވިސްނާ ފިކުރުކޮށް މިކަން ހުއްޓުވުމަށް ޒިންމާދާރު ކަމާއެކު ވަސީލަތްތައް ބޭނުންކުރަންޖެހޭ." ވަޒީރު ވިދާޅުވިއެވެ.

އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް މިހާރުވެސް ކުރަމުންދާކަން ފާހަގަކުރައްވައި، ޒުވާނުންނަށް އަމާޒުކޮށް "އެކުއެކީ" ޕްރޮގްރާމް ފަރުމާ ކުރުމާއި، ގާނޫނީ އޮނިގަނޑުތައް ހަރުދަނާ ކުރުމަށްޓަކައި ގާނޫނުތައް މުރާޖައާ ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން، އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކުގެ މައުލޫމާތު މީޑިއާތަކުން ރިޕޯޓު ކުރުމުގައި އަމަލުކުރާނެ ގައިޑްލައިނެއް އެކުލަވާލައި އެއަށް މީޑިއާތައް ތަމްރީނު ކުރެވިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރި މާހައުލެއްގައި ހިދުމަތް ދިނުމަށް ޔޫއެންއެފްޕީއޭ އަދި އެފްޕީއޭއާ ގުޅިގެން މެނުއަލްއެއް ތައްޔާރުކޮށް، ޔޫއެންޑީޕީގެ އެހީތެރިކަމާއެކު ވުޒާރާގެ މުވައްޒަފުންނަށް ހާއްސަ ތަމްރީނުތަކެއް ދެވިފައިވާކަންވެސް ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މިއަދު އޮންލައިން