ކޫރިއަރ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.6 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން ހާމަކުރެއްވި ގޮތުގައި މި ތަކެތި އަތުލައިގެންފައިވަނީ މި ހިނގާ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުންނެވެ. އެއީ ކޫރިއަރ މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖެއްގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ޝައްކުކުރެވިގެން، އެ ޕެކޭޖް އިތުރަށް ބަލާފާސްކުރުމުގެ ތެރޭގައެވެ.
ފާސްކުރި ޕެކޭޖުގެ ތެރެއިން ފެނުނު މަސްތުވާތަކެތި ތަހުލީލުކުރިއިރު، އެ ތަކެތި ކެނަބިސް (Cannabis) އަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި، އަތުލައިގަނެވުނު މި ތަކެތީގެ ބަރުދަނުގައި ޖުމްލަ 3600 ގްރާމް (3.6 ކިލޯ) ހުރި ކަމަށް ކަސްޓަމްސްއިން މަޢުލޫމާތު ދެއްވައެވެ.