އެންމެ 21 މިނެޓުން ގަން އިންޓަނޭޝަނަލް އެއާޕޯޓުން އައްޑޫ ހުޅުދޫ އަދި މީދުއަށް ދަތުރުކުރެވޭ ސްޕީޑް ފެރީގެ އާ ޚިދުމަތެއް އަންނަ އަންގާރަ ދުވަހު ފެށުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ތައްޔާރުވެއްޖެއެވެ.
އެމްޓީސީސީން ހާމަކުރި ގޮތުގައި، ހުޅުމީދުއަށް އަލަށް ތައާރަފުކުރާ މި ރޫޓުގެ ސަބަބުން ދެމެދުގައި ކުރެވޭ ދަތުރުފަތުރަށް ބޮޑު ލުޔެއް ލިބި، ކަސްޓަމަރުންނަށް އަވަސް އަދި ފަސޭހަ ޚިދުމަތެއް ފޯރުކޮށްދެވޭނެއެވެ. އެ ކުންފުނިން އާންމުކޮށްފައިވާ ދަތުރުތަކުގެ ތާވަލުގައިވާ ގޮތުން، އެއްފަސްކޮށް އޮންނަ އެ ދެ ރަށް ހިއްސާކުރާ ބަނދަރަށް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ވެސް ގަމުން ސްޕީޑް ފެރީގެ ހަތަރު ދަތުރު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
އާދީއްތައިން ބުރާސްފައްޗަށް އަދި ހޮނިހިރު ދުވަހު ގަމުން ހުޅުމީދުއަށް ފެރީ ފުރުމަށް ހަމަޖެހިފައިވާ ގަޑިތަކަކީ:
- ހެނދުނު 7:05
- މެންދުރު 11:35
- މެންދުރުފަހު 15:05
- ރޭގަނޑު 20:20
ހުކުރު ދުވަހު ގަމުން ހުޅުމީދުއަށް ސްޕީޑް ފެރީގެ ތިން ދަތުރު ކުރަން ވަނީ ތާވަލުކޮށްފައެވެ. އެއީ ހެނދުނު 9:05، މެންދުރުފަހު 15:05 އަދި ރޭގަނޑު 20:20 ގައެވެ.