ބެންކޮކްގައި ކުރިއަށްދިޔަ އެސްކެޕްގެ އިޖުތިމާޢީ ތަރައްޤީއާ ބެހޭ ކޮމިޓީގެ ނައިބު މުޤައްރިރުކަން ރާއްޖެއަށް!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 19ސ
ބެންކޮކްގައި ކުރިއަށްދިޔަ އެސްކެޕްގެ އިޖުތިމާޢީ ތަރައްޤީއާ ބެހޭ ކޮމިޓީގެ ނައިބު މުޤައްރިރުކަން ރާއްޖެއަށް!

ތައިލެންޑުގެ ބެންކޮކްގައި ކުރިއަށްދިޔަ އދ. ގެ އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޯ އޭޝިއާ އެންޑް ދަ ޕެސިފިކް (އެސްކެޕް) ގެ އިޖުތިމާޢީ ތަރައްޤީއާ ބެހޭ ކޮމިޓީގެ 9 ވަނަ ސެޝަންގެ ނައިބު މުޤައްރިރުކަން ދިވެހިރާއްޖެއިން ފުރުއްވައިފިއެވެ.

މި މަޤާމު ފުރުއްވާފައިވަނީ މި ބައްދަލުވުމުގައި ބައިވެރިވި ރާއްޖޭގެ ވަފުދުގެ އިސްވެރިޔާ، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ ސްޓޭޓް މިނިސްޓަރ ޒީނާޒް ޢަދުނާނެވެ. ރާއްޖޭގެ ވަފުދުގައި ސްޓޭޓް މިނިސްޓަރުގެ އިތުރުން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އަދި ތައިލެންޑުގައި ހުންނަ ދިވެހި އެމްބަސީގެ އިސް ޑިޕްލޮމެޓުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ސެޝަންގެ ތެރެއިން އޭޝިއާ އަދި ޕެސިފިކް ސަރަޙައްދުގައި ފަޤީރުކަން ނައްތާލުމާއި، އިޖުތިމާޢީ ރައްކާތެރިކަން ހަރުދަނާކުރުމުގެ އިތުރުން ދުޅަހެޔޮ ދޮށީޢުމުރުގެ އާބާދީއެއް ބިނާކުރުމާ ގުޅޭގޮތުން ކުރިއަށްދިޔަ މުހިންމު ބައިތަކުގެ ރިޔާސަތު ވެސް ބަލަހައްޓާފައިވަނީ ރާއްޖެއިންނެވެ.

މީގެއިތުރުން، އެ ސެޝަންގައި ބޭއްވުނު މަތީ ފަންތީގެ ޕެނަލް މަޝްވަރާގައި ސްޓޭޓް މިނިސްޓަރ ޒީނާޒް ވަނީ ރާއްޖޭގެ ފަރާތުން ބަޔާނެއް ހުށަހަޅުއްވާފައެވެ. މި ބަޔާނުގައި އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމު ހަރުދަނާކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގެ އިތުރުން، ދޮށީއުމުރުގެ މީހުންނަށް ޚާއްޞަކޮށްގެން އެކުލަވާލާފައިވާ "ނޭޝަނަލް އޭޖިންގ ޕޮލިސީ" އަދި "ނޭޝަނަލް އެކްޝަން ޕްލޭން އޮން އޭޖިންގ 2025-2028" އާ ގުޅޭ ތަފްޞީލުތައް ހިއްސާކުރައްވާފައިވެއެވެ.

މިއަދު އޮންލައިން